ގެވެށިގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީޒްގެ ޝޯތައް އޮލިމްޕަހުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސިލްސިލާ ފެށުމުގެ ކުރިން "މިޔޯ؟"ސީރީޒް ކާޓޫނު ލޯންޗުކުރުމުގެ ރަސްމިއްޔާތު މާދަމާ އޮލިމްޕަހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދު އެވެ.

މާދަމާ ހަވީރު 4:00 ގައި އޮލިމްޕަހުގައި ލޯންޗު ކުރެވޭ މި ކާޓޫނު ސީރީޒްއަކީ ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ސިލްސިލާ ކާޓޫނެކެވެ. ގެވެށިގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ މިހާއްސަ "މިޔޯ؟"ކާޓޫނު ސިލްސިލާގެ ޝޯވތަކުގެ ތެރެއިން 2 ޝޯވ އެއް އޮލިމްޕަހުގައި މިމަހުގެ 27 ގައި ދައްކާނެއެވެ.

27 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އަދި ހަވީރު 4:00 ގައި އޮލިމްޕަހުގައި ދައްކާ ޝޯވ ތަކުގެ ހިލޭ ދޫކުރާ ޓިކެޓް: އޮލިމްޕަހުން ކޮންމެ ފަރާތަކަށްވެސް ލިބޭނީ ގިނަވެގެން 4 ޓިކެޓެވެ.

މުޅިއެކު ޖުމްލަ 12 އެޕިސޯޑުގެ މިސިލްސިލާ ކާޓޫނުގެ 6 އެޕިސޯޑު އޮލިމްޕަހުގައި ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބާކީ 6 އެޕިސޯޑު އޮލިމްޕަހުގައި ނުދައްކާނެއެވެ. އެ 6 އެޕިސޯޑު ބަލަން ލިބެން ހުންނާނީ ޔޫޓިއުބް، ބްރޯޑްކާސްޓިންގ ޗެނަލް ޓީވީ ފަދަ ތަންތަނުންނެވެ.