ޔޫސުފް ޝަފީޢު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް" އިން އުފައްދާ ބިރުވެރި ފިލްމު "ކަޅަކި" މިއަހަރުގެ އޮކްޓޯބަރުގައި ބެލުންތެރިންނާ ހަމައަށް ގެނައުމަށް ނިންމައިފިއެވެ.

ތަޖުރިބާ ހުރި އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) ކެމެރާކޮށްފައިވާ މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ 2020ގެ ކުރީކޮޅު ސްރީލަންކާގައެވެ.

ފިލްމު ނެރޭނެކަން އިއުލާން ކުރުމަށް ފިލްމްގެ ޓީމުން ވަނީ ޓީޒާއެއްވެސް ދޫކޮށްލައިފައިއެވެ. އޮކްޓޯބަރު މަހު ފިލްމް އަޅުވާނެ ވަކި ތާރީހެއް އިއުލާން ކޮށްފައި ނުވެއެވެ.

https://www.facebook.com/profile.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ ހިމެނޭ މިފިލްމުގެ ޕްރޮމޯޝަނަށް ހާއްސަކޮށް ގެން ނިއުމާ ދަނީ ޓިކްޓޮކްގައި ވަރަށްބޮޑަށް ހަރަކާތްތެރިވަމުންނެވެ.

ނިއުމާ ހާމަކުރާ ގޮތުގައި ޓިކްޓޮކް އެކައުންޓެއް ހަދައިގެން ނިއުމާ އޭގެއިން ފެންނަން ފެށީ އެއީ ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ އެއްޗަކަށް ޓިކްޓޮކް ވާތީ ވީހާވެސް ގިނަ ފަރާތްތަކަށް "ކަޅަކި."ގެ މައުލޫމާތު ދިނުމަށް ކަމަށެވެ.