ހަށި ވިއްކުމުގެ ވިޔަފާރިކުރުމަށް ބޭރުން މީހުން ގެނެސްގެން ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުޅާ ދާއިރާގެ ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަަށެވެ.

މީގެއިތުރުން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުގައި ކަމަށެވެ. އަދި މި މީހާ ހައްޔަރު ކޮށްފައި ވަނީ ވިލިމާލެއިން ކަމަށްވެސް ވިދާޅުވިއެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އަދި އިތުރަށް ކުރަން ޖެހޭ ތަހުގީގުތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މިއީ ވިލިމާލޭގައި ދިރިއުޅެމުންދާ މީހެކެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި ވެއެވެ.