ގދ.ތިނަދޫ އައިސްޕްލާންޓުގައި މަސްވެރިން ނިކުމެ ތަޅު އަޅުވާ ހަޅުތާޅުކޮށްފިއެވެ.މައުލޫމާތު ލިބިފައިވާގޮތުން މަސްވެރިންވަނީ މަސް ނުކިރިގެން ކައުންސިލްގެ ރައިސްއާ ޒުވާބުކޮށްފައެވެ.އަދި އެމީހުން ބާނާ ގިނަ އަދަދެއްގެ މަސްނުކިރި ލަސްވުމާއެކު، މަސްކިރަން ފަރެސްމާތޮޑާއަށް ދާންޖެހޭތީ އެކަމާ ހިތްހަމަ ނުޖެހިގެން އައިސްޕްލާންޓްގައި ތަޅު އަޅުވާފައެވެ.މަސްވެރިންގެ ޓިމާންޓަކީ އެމީހުންގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ތިނަދޫއަށް ޒިޔާރަތްކޮށް މަސްވެރިންނާ ބައްދަލުކޮށް ހައްލެއް ގެނައުމަށް މަޝްވަރާކުރުމަށް އެދިފައިވެއެވެ.އަދި އައިސްޕްލާންޓުން ނަންބަރު ލިބޭނެ ގޮތް ހެދުމާއެކު،މަސްކިރޭނެ ގޮތެއް ހަމަނުޖެހެނިސް އެތަން ނުހުޅުވޭނެކަމަށެވެ.އިއްޔެގައި މަސްވެރިން ނިކުމެ ހަޅުތާޅު ކުރުމާ ގުޅިގެން ތިނަދޫ ކައުންސިލުންވަނީ މިފްކޯގެ ޓީމެއް އެރަށަށް އައިސް މަސްވެރިންނާ ބައްދަލުކުރުމަށް އެދިފައެވެ.މިކަމާ ގުޅިގެން މިފްކޯގެ ޓީމެއް މިއަދު އެރަށަށް އަންނަން ހަމަޖެހިފައިވާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.ސަރުކާރުންދަނީ މިހާރުވެސް އެރަށުގައި މަސްގަނެ ރައްކާ ކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.