ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ މިއަދު ހަމަޖައްސަވައިި އެވެ.

ކޮންސުލް ޖެނެރަލަކަށް ޝިފާނާ އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

ޝިފާނާއާ ލިޔުން ހަވާލުކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވައި އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށެވެ.