ށ.މިލަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް އެމަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބަނދަރުގެެހާބަ ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 70,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތްކަމަށެވެ.

583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 311 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.މި މަޝްރޫއުގެ އަގަކީ 75.42 މިލިއަން ރުފިޔާއެވެ.