އަންނަ ޖޫންމަހު ދެވަނަ ދުވަހު "ޗާގޮސް ކޯލިޝަނުން" ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމުގައި ޖޭޕީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ގޮވާލައްވައިފިއެވެ.
މި ސަރުކާރުން "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އެކަމުގައި ސަރުކާރަށް ޕްރެޝަރު ކުރުމަށް އުފައްދާފައިވާ "ޗާގޮސް ކޯލިޝަން" ގެ އެއްވުމުގައި ބައިވެރިނުވުމަށް ގާސިމް ގޮވާލައްވާފައި ވަނީ ޖޭޕީގެ ލީޑަރޝިޕްގެ ވަޓްސްއަޕް ގްރޫޕެއްގައެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންނާއި ލީޑަޝިޕް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މި މެސެޖުގައި ވިދާޅުވެފައިވަނީ، މި އެއްވުމުގެ ހަގީގީ މަގުސަދަކީ ކޮބައިކަން ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް އެނގޭނެކަމުގައެވެ.
މިމައްސަލާގައި ހަގީގީ ނަތީޖާ ހާސިލްވާނެ މަގަކަށް ވާނީ އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ މަގެއް ފެނޭތޯ ގާނޫނީ ބޭފުޅުންގެ ލަފާއެކީ މަސައްކަތް ކުރުންކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ގާސިމް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގެ ލޭބަރ ޑޭ އާއި ދިމާކޮށް 1 މޭގައި ބޭއްވުނު އެއްވުމުގައިވެސް ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގައެވެ. ގާސިމް ވިދާޅުވި އެ މުޒާހަރާއިންވެސް ނެރެން ބޭނުންވި ނަތީޖާ ނުނިކުމެ، މުޒާހަރާ ނިމިގެން ދިޔައިރު ނުކުތީ މުޅިން އެހެން ނަތީޖާއެއް ކަމަށެވެ. ޖޭޕީން އެ މުޒާހަރާގައިވެސް ބައިވެރިވެފައި ނުވަނީ އެކަމާމެދު ފުންކޮށް ވިސްނުމަށް ފަހު ކަމަށްވެސް ގާސިމްވަނީ ވިދާޅުވެފައެވެ.
ޗާގޮސްގެ މައްސަލައަށް ހާއްސަ ކޮށްގެން ދާދިފަހުން ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައިވެސް، މިމައްސަލާގައި ގައުމުގެ މަސްލަހަތު ނުގެއްލޭ ގޮތެއްގެ މަތިން، ގެއްލިގެން ގޮސްފައިވާކަމަށް ބުނާ ސަރަހައްދު އަލުން އަނބުރާ ހޯދުމަށް ކުރެވެން ހުރި ގާނޫނީ މަސައްކަތް ކުރުމަށް ގާސިމް އިބުރާހިމްވެސް އަދި ގަރާރާއި ގުޅޭގޮތުން ވާހަކަދެއްކެވި އެހެން މެމްބަރުންވެސް ވަނީ ބާރު އަޅުއްވާފައެވެ.
މިގޮތުގެ މަތިން ޖޭޕީގެ ކައުންސިލުން ސަރުކާރަށް ގޮވާލާފައި ވަނީ އިޓްލޮސްގެ ނިންމުން ވީހާވެސް އަވަހަކަށް އިސްތިއުނާފް ކުރުމަށެވެ.
އާދެން ކަލޭ ތިޔަ ހުރީ މިހާރު މިގައުމުގެ ވެރިކަން އާދެވިފައި އަމިއްލަ އެދުން ބޮޑު ނަމަވެސް ތީ ބޮޑުވަރު މި މެސެޖް ކޮންމެ ހެން ވެސް ބުރުމާ ގާސިމް އިބްރާހީމް އާއި ހަމައަށް ފޮނުވާ ތި