ހުޅުމާލޭގެ ކަރަންޓުުދޭ ކޭބަލްއަކަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިސާބުތަކަށް އެކަން ރަނގަޅު ކުރުމަށްފަހު ކަރަންޓު ދޭން ފަށައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިގެން ދިޔައީ ކޮންޓްރެކްޓަރަށް އެ ސަރަހައްދު ކޮނުމުގެ ތެރެއިން ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ.

ސްޓެލްކޯއިން ބުނީ ގެއްލުންވެފައިވާ ކޭބަލް މަރާމާތުކުރުމަށްފަހު މިހާރު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައި ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ކޮނުމުގެ ތެރެއިން މައި ކޭބަލްއަށް ވަރަށް ގިނައިން މައްސަލަ ދިމާވެ ގެއްލުން ވާކަމަށްވެސް ބުންޏެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ކޮނުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް ކޭބަލް ރޫޓްތަކާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް އެ ކުންފުނިން ފޯރު ކޮށްދީފައި ވާނެ ކަމަށެވެ.