ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހާޓް އެޓޭކެއް ޖެހުނު ކަމަށް ދެކެވޭ ވާހަކަ ޕީޕީއެމްއިން ދޮގު ކޮށްފިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދުއާ ހަވާލާދީ ރާއްޖެއެމްވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މުއިއްޒު އެޑްމިޓްކޮށްފައި ވަނީ ސީރިއަސް ބައްޔެއްގެ ސަބަބުން ނޫން ކަމަށާއި އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. ހީނާ ވިދާޅުވީ ބައެއް ފަރާތްތަކުން ޑރ މުއިއްޒަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ވެސް ރިޕޯޓު ކުރަމުންދާ ކަމަށެވެ.
އަދި މުއިއްޒުގެ ހާލުކޮޅު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއާ ހަވާލާދީ ޕީޕީއެމުން މައުލޫމަތުދެއެވެ.
މުއިއްޒު އަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ފަރާތެކެވެ.