ދެން މި ރީތި ގިނިކަނދުލް ޝަބީބާ ކަމަނާ ތެދުވެ ވަޑައިގެން ފެންގަނޑު މަތީގައި ފަރި ހިންގެވުމަކުން ހިނގަވަމުން ފެންގަނޑު މެދެކާ ހިސާބަށްކަށް ދިޔައެވެ. އެ ކަމަނާ އެ ފެންގަނޑު މަތީގައި ހިންގަވަމުން ދިޔަ ވަގުތު އެ ކަމަނާގެ ފަހެއްޕުޅުން ގަދަ ނޫ ކުލައިން އަލިފާން ކަނި ބުރަމުން ދިޔައެވެ.
އެ ކަމަނާގެ ބުރަކަށިފުޅުން ދިއްލިފައި ހުރި އެތެރެ ފެންނަގޮތަށް ހުރި ބޮޑު ދެ ވަރަ ފާޅުވާން ފެއްޓެވިއެވެ. ފެންގަނޑު ތެރޭގައި ތިބި އެހެން ކުދިން ކުއްލިއަކަށް ފެންގަނޑުން މައްޗަށް ތިލަވެ އުދުހިފައި ކަހަލަ ގޮތަކަށް އަރައިފިއެވެ.
އެއިން ކޮންމެ އަންހެން ކުއްޖަކު ވެސް އަޅައިގެން ހުރީ އެކިކުލައިން ވިދާބަބުޅާ ކުނޑިއެކުލެވޭ ބިއްލޫރިފާޑު ފޭރާމެކެވެ.. ހުރިހާ ކުދިން ނަށަން ފައްޓައިފިއެވެ.
ފެންގަނޑުން މައްޗަށް އެރި ވަގުތު އެއިން ެއެއްވެސް އަންހެން ކުއްޖަކު ހުރީ ތެމިފައެއް ނޫނެވެ.
ގިނިކަނދުލް ޝަބީބާ އޭ ކިޔުނު އަންހެން ސާހިބާ ކަމަނާ ވަރަށް ރީތި އަޑުއަހާލަން ފަސޭހަ ތުނިތުނި ރަން އަޑުފުޅުން ވަރަށް ރީތި ރާގެއްގައި ލަވައެއް ވިދާޅުވަން ފެއްޓެވިއެވެ. އެ އަންހެން ސާހިބާ ކަމަނާ ލަވަފުޅު ވިދާޅުވަމުން ގެންދެވި އިރު އެ ޖާދުވީ ރަންއަޑުފުޅުގެ ރީތިކަމުން މުޅި މާޙައުލު ވަނީ ގުގުމާލާފައެވެ.
ސިއްދީގާއި މުއާވިޔަތު ހީކުރީ ހުވަފެނެއްގެ ތެރެއަށް ޣަރަޤުވެ ގެނބިގެން ދިޔަހެންނެވެ. އެ ދެމީހުން ތިބީ އަނގަ ހުޅުވި ކުޅުދިޔާވެފައެވެ. އަދި ހިތުގެ އެންމެ ހިމަ ނާރަށް ވެސް އާދަޔާ ޚިލާފުބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެއް ކުރަމުން ދިޔަކަހަލައެވެ. ގިނިކަނދުލް ޝަބީބާ ކަމަނާ ގެ މި ޖާދުވީ ރަން އަޑުފުޅުވީ އިންސާނެއްގެ ހިތުގެ ހުރިހާ އިހުސާސް ތަކާ ހަށިގަނޑުގެ ހުރިހާ ހިއްސުތަކާ ކުޅެމުން ދިޔަ ރޫހާނީ ބާރެއް ލިބިގެންވާ ހަތިޔާރެއްކަމުގައެވެ.
ސިއްދީގާއި މުއާވިޔަތު ހަމަ ރަނގަޅަށް ވެސް ތިބީ ހޭލައި އެހެނަސް ހުވަފެނެއްގެ ތެރޭގައެވެ. އެދެމީހުންނަށް ނޭނގި އެހެން ތިބެ މިހާރު އެ ދަނީ ޖިންނި އަންހެނާ ގެ ބާރުގެ ދަށަށް އަވަލަވައި ވަންނަމުންނެވެ. އެ އަންހެންކުދިން ރީތި އަޑު ތަކުން ލަވަ ކިޔަމުން ފެންގަނޑުމަތީގައި އުދުހޭ ކަހަލަ ގޮތަކަށް ނުހުއްޓި އެބުރެން ފެށިއެވެ. އެެ ހޫރު ޕަރީންތައް ފިޔަގަނޑުތައް ތަޅުވަމުން ދިއްލައި އަލިކުރަމުން ވަށައިގެން އެނބުރި އެނބުރިފައި ވަށް ބުރަކަށް ޕަރީފެންޑުމަތީގައި ހުއްޓުމެއްނެތި ނަށަނީއެވެ. އެ ޕަރީން ތައް ތިބީ ވަށް ބުރަކަށް ގިނިކަނދުލް ޝަބީބާ ކަމަނާ ވަށައިލައިގެންނެވެ.
އެ ކަމަނާ ހުންނެވީ ދެން ތިބި ޕަރީން ތަކަށް ވުރެ ތަންކޮޅެއް މަތީގައެވެ.
ގިނިކަނދުލް ޝަބީބާ ކަމަނާ އެ ވިދާޅުވަމުން ގެންދަވާ ލަވަ އަކީ ސިއްދީގު އާއި މުއާވިޔަތު އަދި މިހައި ތަނަށް އަޑު އަހައިފައި ނުވާ ފަދަ ހައިރާން ކުރަވަނިވި ތަފާތު ބަހުރު ވަޔަކުން ވިދާޅުވަމުން ގެންދަވާ ލަވައެކެވެ.
ގިނިކަނދުލް ޝަބީބާ ކަމަނާ ލަވަ ވިދާޅުވަމުން ގެންދެވި އިރު އެ ކަމަނާ ގެ އަރިހުގައި ތިއްބެވި ހުރިހައި ޕަރީން ތަށް ވެސް އެކި ރީތި އަޑުތަކުން ލަވަ ކިޔަމުން ގެންދިޔަ އެވެ. މިހާރު އެ ޕަރީފެންގަނޑު ދުރަށް ފެންނަން ހުންނަ އިރު ހީވަނީ އެ ފެންގަނޑު މަތީގައި އެކި ކުލަ ކުލައިން ޖަވާހިރު ތަކެއް ދިއްލެމުން އެނބުރެމުން ދާހެނެވެ.
ވަކި ހިސާބަކަށް މި ހުރި ހައި ޕަރީން ތަށް ލަވަކިޔަމުން ދިޔަ ވަގުތު ބޮޑެތި އެކި ކުލަ ކުލައިގެ ބޯ ވިލާގަނޑު ތަކަކުން ޖައްވުމަތި ދިއްލިގެން ދިޔައެވެ. ދެން ކޮންމެ ވެސް ވަރަކަށް ގުގުރާ އަޑު ވެސް ދިޔައީ ގަދަވަމުން ނެވެ. ސިއްދީގު އާއި މުއާވިޔަތު ތިބީ މި ފެންނަމުން ދާ މަންޒަރުގެ ސަބަބުން ކަޅިޖަހައި ނުލައި ފަރުވާތެރިކަމާއި އެކު ބަލަންށެވެ.
މި ފެންނަމުންދާ ހުވެފެނީ އާލަމުން އެ ދެމީހުން ވެސް ނިކުންނަ ހިތެއް ނުވެއެވެ. މުޅި ުއުމުރުގައި ވެސް މިގޮތަށް މި ރީތި ހޫރު ޕަރީން ގެ ނެށުންތަށް އެއް ވެސް ފޫހިކަމެއް ނެތި ބަލަން ތިބެވި ދާނެއެވެ.
ގިނިކަނދުލް ޝަބީބާ ކަމަނާ ވަރަށް މައްޗަށް އުދުހި ވަޑައިގެން އަރައިވަޑައިގެންފިއެވެ. ދެން އެހެން ހުންނަވައި އެ ކަމަނާ ގެ ހަށިކޮޅުން ގަދަ ނޫ ކުލައިން އަލިފާން ކަނި ބުރުވަމުން އަލިފާން ރޯވިއެވެ. އެ އަލިފާނުން އެއްވެސް ދުމެއް ނާރައެވެ. އެ ގޮތަށް އެ އަލިފާންގަނޑު އެހެން ހުރެ ވަށް ބުރަކަށް އެބުނރެން ފެށިއެވެ. ގަދަ ނޫ ކުލައިން ބޮޑު އަލި ގުޅަ އަކަށް ބަދަލު ވެއްޖެއެވެ.
މި އަލިގުޅަ އަލިފާން ބޯޅައެއް ފަދައިން ވިދައި ބަބުޅަމުން ދިޔަ ވަގުތު އެ އަލިގުޅަ މަތީގައި އެކި ކުލަ ކުލައިން ވަށަިއިގެން ވަށް ބުރަކަށް އަލި ގަދަ ވިއްސާރަ ދުންޏެއް އުފެދި ފެތުރިގެން ދިޔައެވެ. ގިނިކަނދުލް ޝަބީބާ ކަމަނާ ގެ ރަން އަޑުފުޅު ވަނީ މުޅި ޖައްވުގައި ހުއްޓުމެއްނެތި ގުގުމާލަ ގުގުމާ ލައިފައެވެ. މިހެން އެ އަލިގުޅަ އެނބުރެން އޮވެ އޮވެފައި ކުއްލި އަކަށް ވަރަށް ބާރަށް އެބުރެން ފެށިއެވެ.
ވައި ބާރުވެ ގުގުރާ އަޑު ގަދަވަމުން ދިޔައެވެ. ކުއްލި އަކަށް ބޮޑު ހޮނު ގުގުރި އެއް މަތީގައިވާ ވިއްސާރަ ދުނީގެ މެދުން އެޅިއެވެ. އެ ހޮނު އެޅީ މަތީގައި އެނބުރެން އޮތް ގަދަ ނޫ ކުލައިގެ އަލިފާން ގުޅަ އަށެވެ. އެ ވަގުތު އެހޮނުގެ ސަބަބުން މަތީގައި އެބުރެން އޮތް އަލިފާން ބޯޅަ ފަޅައިގެން ގޮސް އެއިގެން ބޮޑެތި އަލިގަނޑު ތަށް ބުރަ ބުރައިގެން ދަޅަ އަޅަމުން ދިޔައެވެ.
އެ އަލިން ބުރައިގެން ދިޔަ އަލިފާން ކަނިތައް ސިއްދީގު އާއި މުއާވިޔަތު ހުރި ހިސާބަށް ވެސް ފޯރިއެވެ. އެބާރު ގަދަ އަލީގެ ސަބަބުން އެ ދެމީހުން ވެސް ތިބީ ބަލަން އުދަނގޫ ވެފައެވެ.
އެއަށް ފަހު އެ އަލިގަނޑުގެ ތެރެއިން ވިދައި ބެބުޅުން ތަކުން ކަނިބުރަމުން ގިނިކަނދުލް ޝަބީބާ ކަމަނާ ފާޅުވެ ވަޑައިގެންނެވިއެވެ. އެ ކަމަނާ ހުންނެވީ އުފާވެރި ކަމުގެ ހިނިތުންވެރި ކަމެއް އެ ޖާދުވީ ރީތި މޫނުފުޅަށް ގެނުވައިފައިއެވެ. ގިނިކަނދުލް ޝަބީބާ ކަމަނާ ގެ ދެ އަތްޕުޅުގައި ވެސް ތުރުކުރައްވައިފައިވާ ބިއްލޫރި ތަނޑުބައިފުޅުތައް ތަޅުވައިލައްވައި ލައްވައި ހުއްޓުމެއްނެތި ލަވަ ވިދާޅުވަމުން އެ ކަމަނާ ގެ ވަރަ ތަޅުވައިލަ ތަޅުވައިލާ ހުންނެވިއެވެ. އެ ކަމަނާ އަށް ބަލައިލެއްވި ކޮންމެ މަޚްލޫގަކަށްމެ އެ ކަމަނާ ގެ މައްޗަށް އާދެޔާ ޙިލާފު ބުނެދޭން ނޭނގޭ ކަހަލަ ލޯތްބަކާއި ކުލުނެއް ޖެހިވަޑައިގަން ނަވާނެއެވެ.
މުޅިއެހިސާބުގަނޑާއި މާހައުލު ވަނީ އެކި ކުލަކުލައިގެ އަލި ތަކަކުން ދިއްލާލައިފައެވެ. ރަތް ކުލައިގެ ޕަރީފެންގަނޑުން ހުރީ ބޮކިޖަހައި ދުން އަރައަރަައެވެ. މި ޕަރީންތައް ނަށަމުން ގެންދިޔަ ވަގުތު އެއިން ކޮންމެ ޕަރީއެއްގެ ފިޔަގަނޑުން އަލިފާން ކަނިތައް ބުރަމުން ވިދާކުނޑި ފާޑުގެ އެއްޗަކަށް ބަދަލުވެ މުޅި ޕަރީފެންގަނޑަށް އެޅެމުން ދިޔައެވެ. އަދި ފެންގަނޑު އެކި ކުލަކުލައިން ރެދަން ލައި ދިއްލެމުންދިޔައެވެ.
މުޅި ސަރަހައްދުގައި ހުރީ ތެޔޮފާޑުގެ ގަދަ ހުވަނދެއް ކަހަލަ އެއްޗެއް އަނދާތީ ދުވާކަހަލަ މީރު ވަހެއް ދުވަދުވައެވެ. އަދި އަލިފާންކަނިތައް ވެސް އެކި ކުލަކުލައިން ކޮންމެ ކުއްޖެއްގެ އިސްތަށިގަނޑުގެ ތެރެއިން ބުރަބުރައި ހުރެއެވެ. ކިތަށްމެ ވަރަކަށް އަލިފާން ކަނި ބުރަމުންދާ މަންޒަރު ފެންނަން ހުއްޓަސް މިއަޖައިބު ކުރުވަނިވި ޕަރީފެންގަނޑު ވަށައިގެން ވާ މާހައުލަށް ވަނީ ހީކަރުވާފަދަ ގަދަ ދުން ފިނިކަމެއް ެފެތުރިފައެވެ.
ގިނިކަނދުލް ޝަބީބާ ކަމަނާ ލަވަ ވިދާޅުވަމުން ނަށަމުން ދިޔައެވެ. އެކަމަނާ އަތްޕުޅުގައިވާ ބިއްލޫރި ތަނޑުފުޅުތަށް ތެޅިލައްވާ އަޑު އިއްވެވުމުން ދިޔަ ވަގުތު އެއިން ގަދަ ނޫ ކުލައިގެ ދުން އަރަމުން ދިޔައެވެ. އެ ދުން ފެތުރެމުން ދިޔަވަގުތު އެ ދުމުން މާވަހަރު އަނދާތީ ދުވާފަދަ މީރު ހުނވަދެއްގެ ވަހެއް ދުވަމުން މުޅި މާޙައުލަށް ފެތުރެމުން ދިޔައެވެ. ދެން އެ ޕަރީންތައް ލަވަކިޔައި ނިންމާފައި ކުއްލިއަކަށް ފެންގަނޑުގެ އަޑިއަށް ހިނގައްޖެއެވެ. އެ ވަގުތު ވެސް ޕަރީފެންގަނޑުން އެކި ކުލަ ކުލައިން ރެދަންލަމުން ދިޔައެވެ.
ޝަބީބާ ކަމަނާ މަޑުމަޑުން ރަތްކުލައިގެ ދިއްލިފައި އޮތް ޕަރީފެންގަޑު މަތީގައި ހިންގަވަމުން ގޮސް ހަމަ ކުރީގައި އެ ކަމަނާ އިންނެވި ތާނގައި އިށީންދެވަޑައިގަތެވެ.
މި މަންޒަރުތައް ބަލަމުންދިޔަ ސިއްދީގާއި މުއާވިޔަތު އަޖައިބު ކުރުވާ ގޮތަކަށް ނުވަތަ އަވަލަވައި ފައިވާ ގޮތަކަށް އެ ދެމީހުންގެ ވެސް އަނގަހުޅުވިފައި ތިއްބެވެ. އެ ދެމީހުންގެ ކަންފަތަށް އަދިވެސް ހީވަނީ އެ ޖާދުވީ އަޑު ހުއްޓުމެއްނެތި އެ ޕަރީ ކިޔަމުން ގެންދިޔަ ލަވައިގެއަޑު އިވިއިވި ހުރިހެންނެވެ. ބޭއިޚްތިޔާރުގައި މުއާވިޔަތަށް ބިންމަތިން ގާކޮޅެއް ނަގައި ފެންގަނޑާ ދިމާއަށް ހިނގައި ގަނެވިއްޖެއެވެ.
އަދި އޭނާ ނެގި ގާކޮޅު ހިފައިގެން ގޮސް އިށީނދެގެން އިން އަންހެންކުއްޖާއާ ދިމާއަށް ވަރަށް ހަރުއަޑުން "ގިނިކަނދުލް ޝަބީބާ" އޭ ކިޔާ ގޮވާ ލާފައި އެއަންހެންކުއްޖާއާ ދިމާއަށް އެ ގާކޮޅު އެއްލިއެވެ. މުއާވިޔަތު ގާކޮޅު އެ އަންހެންކުއްޖާ ދިމާއަށް އެއްލީ ގޮނާއެއް ގެއްލުމެއްދިނުމުގެ ނިޔަތެއްގައިނޫނެވެ. އެހެންނަމަވެސް އޭނާ އަށް މިކުރެވުނީ ކިހާވަރެއްގެ ބޮޑުކަމެއްކަން ނޭނގިއެވެ.
މުއާވިޔަތު އެ އެއްލި ގާކޮޅު ދިޔަ ގޮތަށްގޮސް ވެއްޓުނީ އެ އަންހެންކުއްޖާގެ އުނގަށެވެ. އެގާކޮޅު އެއަންކުއްޖާގެ އުގައްވެއްޓުމާއި އެކު އެކުއްޖާގެ ބޮޑު ދެވަރަ ދިއްލިގެން ގަދަނޫނުލައިގެ އަލިފާން ކަނި ބުރަންފެށިއެވެ. އަދި އެއަންހެންކުއްޖާ ވޭންހުރި އާހެއްގެ އަޑުނެރެލިއެވެ. އެއަންހެންކުއްޖާ ބިރުން ތެޅިގަނެފައި މުއާވިޔަތާ ދިމާއަށް ހައިރާން ކަމާއެކު ބަލަހައްޓައި ގެންއިނެވެ.
(ނުނިމޭ)