ސޫރިޔާގެ ހަނގުރާމަ ހޫނުވާން ފެށުމާއެކު ރަޝިޔާ ސިފައިންގެ މަނަވަރުތައް ސޫރިޔާ އިން ފުރައިފިކަމަށް ބުނާ ކަބަރުތައް ރަޝިޔާއިން ދޮގު ކޮށްފިއެވެ. ރަޝިޔާއިން މަނަވަރުތަކާއި ސިފައިން ބައިތިއްބާފައި ވަނީ ސޫރިޔާގެ ޠަރުޠޫސް ބަނދަރުގައެވެ.

ނޭވަލް ނިއުސްއިން ބުނެފައި ވަނީ މެޑިޓެރޭނިއަން ކަނޑުން ބޯލްޓިކް ކަނޑުން އެ އުޅަނދުތައް ރަޝިޔާގެ ސަރަހައްދަށް ދާން ފުރާފައިވާ ކަމަށެވެ.

ރަޝިޔާއިން ބުނެފައި ވަނީ ބައެއް މަނަވަރުތައް ހަނގުރާމައިގެ ތަމްރީނުތަކަށް މެޑިޓެރޭނިއަން ކަނޑަށް ނިކުތް ކަމަށެވެ. ޠަރުޠޫސްއަކީ މެދުއިރުމަތީގައި ރަޝިޔާގެ އެންމެ މުހިންމު އަސްކަރީ މަރުކަޒެކެވެ.