ގުޅިފަޅާއި ތިލަފުށި ދެމެދުން ކަނޑުގައި ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިޔަށް ދާތީވެ އެ ސަރަހައްދުން މާދަމާއިން ފެށިގެން ދަތުރު ކުރުން ފެށިގެން މަނާކޮށްފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގުޅިފަޅު - ތިލަފުށި ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ޑިސެންބަރު 05 ގައި ފެށުމަށް ހަމަޖެހިފައިވާކަން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. އެހެންކަމުން ކަނޑު އުޅަނދުފަހަރު މިސަރަހައްދުން ދަތުރު ނުކުރުމަށް އެ މިނިސްޓްރީއިން އިލްތިމާސް ކުރާ ކަމަށެވެ.
ތިލަމާލެ ބްރިޖް ނުވަތަ މާލެ - ތިލަފުށި ބްރިޖަކީ މާލެ އާއި ވިލިގިނލި، ގުޅިފައި ތިލަފުށި ދެމެދުގައި އަޅާ ބްރިޖެކެވެ. މި ބްރިޖުގެ ދިގުމިނަކީ 6.74 ކިލޯ މީޓަރެވެ. މީގެ ތެރެއިން 3.6 ކިލޯ މީޓަރަކީ މޫދާއި ކަނޑާއި ގުޅިފައިވާ ސަރަހައްދުގައިވާ ބައިތަކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުއަކީ އިންޑިޔާގެ އެގްޒިމް ބޭންކުން 500 މިލިޔަން ޑޮލަރު ނަގައިގެން ހިންގާ މަޝްރޫއެކެވެ. މީގެ ތެރެއިން 100 މިލިޔަން ޑޮލަރަކީ އިންޑިޔާގެ ހިލޭ އެހީއެވެ. ބާކީ 400 މިލިޔަން ޑޮލަރު ދައްކަން ޖެހެނީ %1.75 އިންޓަރެސްޓް ރޭޓުގައި 20 އަހަރަށް ބަހާލައިގެންނެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު ރައީސް ސާލިހުގެ ސަރުކާރުން ފެށީ 2019 ވަނަ އަހަރު ފެށީ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލައި ތިލަމާލެ ބްރިޖުފަދަ ޚަރަދު ބޮޑު މަޝްރޫއުތައް ނުފެށުމަށް ވަރލްޑް ބޭންކުން ރާއްޖެއަށް އިރުޝާދު ދީފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.