ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.
މިއަދުން ފެށިގެން ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ ސޯޝަލް މީޑިއާގައި ކަމަށް އެޗްޕީއޭއިން ކުރި އިއުލާނެވެ. އެހެން މީހަކު ކުރަހާފައިވާ ކުރެހުމެއްކަން އެނގިއްޖެނަމަ އެ ހުށަހެޅުމެއް ވަގުތުން މުބާރާތުން އުނި ކުރެވޭނެއެވެ.
މުބާރާތުގައި ބައިވެރިވެވޭނެ އުމުރު ފުރާއަކީ:
- 7 އަހަރާއި 12 އަހަރާއި ދެމެދު
- 12 އަހަރާއި 18 އަހަރާ ދެމެދު
- 18 އަހަރާއި 25 އަހަރާ ދެމެދު
އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހަޅާ ޕޯސްޓަރުތައް ވާންޖެހޭނީ ރާއްޖޭގެ ދީނާއި އާދަކާދައާއި ހިލާފުނުވާ ކުރެހުމާއި މައުލޫމާތު ލިބޭ ފަދަ ޕޯސްޓަރަކަށް ކަމަށެވެ. އެ ޕޯސްޓަރުތަކުގައި އެއްވެސް ކުންފުންޏެއް ރަމްޒުކޮށްދޭ ނިޝާނެއް ހުރެގެން ނުވާނެއެވެ. އަދި މުބާރާތަށް އެކަށީގެން ނުވާ ޕޯސްޓަރު މީސް މީޑިއާގައި ހިއްސާ ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީހެ އިތުރުން މުބާރާތަށް ބައިވެރިން ހުށަހަޅާ ހުށަހެޅުމެއްގެ ސަބަބުން ދިމާވާ ގާނޫނީ މައްސަލައަކަށް އެޗްޕީއޭއިން ޒިންމާ ނުވާނެ ކަމަށް ވެސް އެ އޭޖެންސީއިން ބުނެ އެވެ.