މަރުވެފައި އޮތް މީހަކު ގދ، ތިނަދޫ ގެއަކުން ފެނިއްޖެއެވެ. ފުުހުން ވިދާޅުވެފައިވަނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީއެއް ކަމަށެވެ. އޭނާގެ އުމުރަކީ 48 އަހަރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވވެ.

އޭނާ މަރުވެފައި އޮއްވައި އެެގެއިން ފެނިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 1:30 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެެވެ. އޭނާ މަރުވީ ގުދުރަތީ މަރަކުންތޯ އަދި އެހެން ގޮތަކުންތޯ ފުލުހުން ވިދާޅެއް ނުވެއެވވެ. އޭނާ މަރުވެފައިވާ ގޭ ހިމެނޭ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަކީ ނިސްބަތުން ބިދޭސީ މަސައްކަތްތެރީން ގިނަ ގައުމެކެވެ. އެހެންނަމަވެސް އެމީހުންގެ ގެންނަ ގިނަފަރާތްތަކުން އެމީހުންނަށް ރަނގަޅު ބީހިޔާވަހިކަމެއް ދީފައެއް ނުހުރެއެވެ. އެހެންކަމުން އެމީހުން އުޅެމުންދަނީ ވަރަށް އާދައިގެ ފަޅުގެތަކާއި އެފަދަ އެހެން ތަންތަނުގައެވެ. މާލޭގައި މަސައްކަތްކުރާ ގިނަ ބިދޭސީންގެ ހާލަކީ ވެސް މިއެވެ.