ސަރުކާރުން އުފައްދާ ފައިވާ އާގުބޯޓު ކުންފުންޏަށް އަލަށް ގެންނަ އާގުބޯޓު ދަތުރު ކުރާނީ ސީދާ އައްޑޫ ސިޓީ ސަރަހައްދީ ބަނދަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އައްޑުއަށް ބިން އިތުރުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައި ދެއްވަމުން މިއަދު ދެއްކެވީ ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޯވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު، ސަރުކާރުން އަލަށް އުފެއްދި އާގުބޯޓު ކުންފުނީގެ ފުރަތަމަ ބޯޓު ދުއްވައިގަތް ކަމަށެވެ.

އޭރު ސުމަކުން ފެށި އެކުންފުނީގައި މިހާރު އަމިއްލަ ތިން ބޯޓު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އިތުރު ބޯޓެއް، އަންނަ ޖުލައި މަހު އެ ކުންފުންޏަށް އިތުރުވާނެ. މިއީ ސީދާ އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރަށް ދަތުރުކުރާނެ ބޯޓެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ބަނދަރުތަކުގެ ސޭލާތައް ހިންގުމަށް ބާރުދެނީ، ސަރުކާރު އާގުބޯޓުފަހަރުގެ ސޯބު، އައްޑޫ ސިޓީ ޕޯޓުގެ ސޯބާ އެކުވެ ހިމުންވުމުން ކަމަށެވެ.