ރާއްޖޭގައި މިހާރު ހިންގާ ބޮޑެތި ގިނަ މަޝްރޫޢު ތަކަކީ އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢު ތަކެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓައި ދެއްވުމަށް އެ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙު ވިދާޅުވީ އޭގެ ތެރޭގައި އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ހިނގާ މަޝްރޫޢުތައް ހިމެނޭ ކަމަށެވެ.

"ހަނިމާދޫ އެއަރޕޯޓް ކަމަށްވިޔަސް، މާލޭ ހައުސިންގ ޕްރޮޖެކްޓް ކަމަށްވިޔަސް، ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް ކަމަށްވިޔަސް، އައްޑޫ މަގުހެދުން، ބިން ހިއްކުން، ގަން އެއަރޕޯޓް، މިހެންގޮސް އެތައް އެތައް ދީލަތި އެހީތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް މިވަގުތު ވަމުން އެބަދޭ،" ރައިސް ވިދާޅުވިއެވެ.

އިންޑިއާގެ މިފަދަ އެހީތެރިކަމަށްޓަކައި ރައީސް މިއަދު ވަނީ ދިވެހި ރައްޔިތުންގެ ނަމުގަޔާއި، ދިވެހި ސަރުކާރާއި، އެމަނިކުފާނުގެ އަމިއްލަ ނަމުގައި އިންޑިއާގެ ސަރުކާރަށާއި، އިސްވެރީންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.