އައްޑޫ ސިޓީ ފޭދޫގައި ގާއިމްކޮށްފައިވާ އެމްޑީޕީ ޖަގަހަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގެންފައިވަނީ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ޕާޓީގެ ހަރަކާތްތަކަށްވެސް ވަނީ ރޭގަނޑުގެ ވަގުތުތައް ހުސް ކުރައްވާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައިި ކުރިއަށް ގެންދާ އިވެންޓުތައް ބޮޑަށް ރާވާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.

ސ. ފޭދޫއަކީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ އަވަށެކެވެ. ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އެދާއިރާގެ އެމްޑީޕީގެ ގިނަ އަދަދެެއްގެ ބަޔަކު ވަނީ ބައިވެރިވަފައެވެ.

މީގެއިތުރުން، ޖަގަހަ ހުޅުވާ ދެއްވުމަށްފަހު ރައީސް ވަނީ އެރަށު އެމްޑީޕީ މެމްބަރުންނާއި ޖަގަހާގައި ބައްދަލު ކުރައްވާފައެވެ.