އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހި ރާއްޖޭގައި އަލަށް ހިންގާނެ ގިނަ ޕްރޮޖެކްޓްތަކެއް ކަނޑައަޅައި މިއަދު ސޮއި ކޮށްފިއެވެ.

މި މަޝްރޫޢުތަކަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ.

މި 10 މަޝްރޫޢާއި ގުޅޭ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރައްވާފައިވަނީ އެކަމަށްޓަކާ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް:

  • – ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ. ގަމުގެ ސްކޫލަކަށް ބަސް ހޯދުން
  • – ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން
  • – މާލޭގައި ގާއިމް ކުރާ އާޓްސް ސެންޓަރުގެ
  • – ޅ. ހިންނަވަރު ކައުންސިލު އިދާރާ
  • – ސޮމަދު ހޮސްޕިޓަލްގެ މެންޓަލް ހެލްތު ޔުނިޓް
  • – ށ. މިލަންދޫ ދުވަ ޓްރެކް
  • – އައްޑޫ ސިޓީގެ ދެ އައުޓްޑޯ ޖިމް
  • – ގދ. ވާދޫގެ އައުޓްޑޯ ޖިމް
  • – ހއ. ދިއްދޫގެ އައުޓްޑޯ ޖިމް

މީގެ އިތުރުން، މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސްކޫލަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ޒަމާނީ ތަޢުލީމީ ވަސީތްތަކާއި އުކުޅުތަކަށް ވާޞިލްވުމަށް މަގުފަހިވުމާއި ދިވެހި ސަގާފަތާއި ފައިން އާޓްސް ދިރުވައި އާލާ ކުރުމަށް މަގުފަހިވުމާއި ކުޅިވަރާއި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމާއި ކުޅިވަރު ތަރައްގީކުރުމަށާއި ދުޅަހެޔޮކަން އިތުރު ކުރުމަށާއި އިޖްތިމާއީ ރޫޙު އާލާކުރުމަށް އިތުރު ފުރުސަތު ހުޅުވުމާއި ލާމަރިކަޒީ ހިންގުން ހަރުދަނާ ކުރުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މި 10 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް ވަނީ ހަދިޔާކުރައްވާފައެވެ.