ވައިގެ މަަގުން ޕާކިސްތާނުން، ރާއްޖެއައި ޕާކިސްތާނުގެ ފަސިންޖަރެއް ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ، އިއްޔެ ޕާކިސްތާންގެ ފައިސަލް އާބާދުން ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހރން ފަސިންޖަރަކާ މެދު ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙްލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 10.14 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި އެފަރާތުން ވަނީ ދިވެހި ފުލުހުންގެ ޙިދުމަތާ ހަވާލުކޮށްފައެވެ.