މި މަންޒަރުތައް ބަލަމުންދިޔަ ސިއްދީގާއި މުއާވިޔަތު އަޖައިބު ކުރުވާ ގޮތަކަށް ނުވަތަ އަވަލަވައި ފައިވާ ގޮތަކަށް އެ ދެމީހުންގެ ވެސް އަނގަހުޅުވިފައި ތިއްބެވެ. އެ ދެމީހުންގެ ކަންފަތަށް އަދިވެސް ހީވަނީ އެ ޖާދުވީ އަޑު ހުއްޓުމެއްނެތި އެ ޕަރީ ކިޔަމުން ގެންދިޔަ ލަވައިގެއަޑު އިވިއިވި ހުރިހެންނެވެ. ބޭއިޚްތިޔާރުގައި މުއާވިޔަތަށް ބިންމަތިން ގާކޮޅެއް ނަގައި ފެންގަނޑާ ދިާަމާއަށް ހިނގައި ގަނެވިއްޖެއެވެ. އަދި އޭނާ ނެގި ގާކޮޅު ހިފައިގެން ގޮސް އިށީނދެގެން އިން އަންހެންކުއްޖާއާ ދިމާއަށް ވަރަށް ހަރުއަޑުން "ގިނިކަނދުލް ޝަބީބާ" އޭ ކިޔާ ގޮވާ ލާފައި އެއަންހެންކުއްޖާއާ ދިމާއަށް އެ ގާކޮޅު އެއްލިއެވެ.
މުއާވިޔަތު ގާކޮޅު އެ އަންހެންކުއްޖާ ދިމާއަށް އެއްލީ ގޮނާއެއް ގެއްލުމެއްދިނުކުގެ ނިޔަތެއްގައިނޫނެވެ. އެހެންނަމަވެސް އޭނާ އަށް މިކުރެވުނީ ކިހާވަރެއްގެ ބޮޑުކަމެއްކަން ނޭނގެއެވެ. މުއާވިޔަތު އެ އެއްލި ގާކޮޅު ދިޔަގޮތަށްގޮސް ވެއްޓުނީ އެ އަންހެންކުއްޖާގެ އުނގަށެވެ.
އެގާކޮޅު އެއަންކުއްޖާގެ އުގައްވެއްޓުމާއި އެކު އެކުއްޖާގެ ބޮޑު ދެވަރަ ދިއްލިގެން ގަދަނޫނުލައިގެ އަލިފާން ކަނި ބުރަންފެށިއެވެ. އަދި އެއަންހެންކުއްޖާ ވޭންހުރި އާހެއްގެ އަޑުނެރެލިއެވެ. އެއަންހެންކުއްޖާ ބިރުން ތެޅިގަނެފައި މުއާވިޔަތާ ދިމާއަށް ހައިރާން ކަމާއެކު ބަލަހައްޓައި ގެންއިނެވެ.
ފެންގަނޑުގައި ތިބި ހުރިހާ އަންހެންކުދިން ވެސް އަޑެއްނުލައްވައި ތިބީ މުއާވިޔަތާ ދިމާއަށް ބަލާށެވެ. މިރެއަކު އެކުދިން ކުރީރޭ ފަދައިން އެެއްވެސް ބާރުގަދަ އަޑެއް ނުލައްވަެއެވެ. އެކަމަކު ވަރަށް ހައިރާންކަމާ އެކު ތިބީ ފެންގަނޑު ތެރޭގައި މުއާވިޔަތަށް ބަލާށެވެ. ހީވަނީ މުއާވިޔަތަކީ އެތަނަށް ޝާހީ އަމުރަކަށް ހާޒިރު ކުއްރެވިފައިވާ މީހެއްހެންނެވެ.
ޝަބީބާ ކަމަނާ ވަރަށް ބޮޑަށް ހައިރާންފުޅުވެ ވަޑައިގެން އިންތަނުން ކޮޅަށް ތެދުވެވަޑައިގަތެވެ. އެވަގުތު މުއާވިޔަތު ހުރީ ގައިން ހީބިހި ނަގާފައި ހުރިތަނުން ގުޑާލަން ވެސް ނުކެރިފައެވެ. މުއާވިޔަތު އެތަނުން ދުއްވައި ގަންނަން ވީކަމެއް ނުވަތަ އެތާނގައި ހުންނަންވީ ކަމެއް ނޭނގުނެވެ. ޝަބީބާ ކަމަނާ ވަރަށް މަޑުމަޑުން ފެންގަނޑު މަތީގައި ހިންގަވަމުން މުއާވިޔަތާ ދިމާލަށް އެބަ ވަޑައިގަނެއެވެ. އެ އަންހެން ސާހިބާ ކަމަނާ ހިންގަވަމުން ކުރިއަށް ވަޑައިގެންނެވިއިރު އެ ކަމަނާގެ ދެއަތްޕުޅުގައި ފުރެންދެން އަޅުއްވައިފައިވާ ބިއްލޫރި ތަނޑުބައި ތައް ތެޅޭއަޑު އިވެއެވެ.
އަދި މި ޕަރީ ކަމަނާ މުއާވިޔަތާ ކައިރިވަމުން އައި ހިނދު އެކަމަނާ ގެ ހަށިކޮޅުން ދުވަމުން ދިޔަ ހުވަނދުގެ އަރަޤުގެ މީރު ވަސް ދިޔައީ ވަކިން ގަދަ ވަމުންނެވެ. އެ ެޕަރީ ކަމަނާ ގެ އޮރެންޖުކުލައިގެ ދިގު އިސްތަށިފުޅު ވަޔާއި ވިހުރެއެވެ. މި ޕަރީ ކަމަނާ އެ ވަޑައިގެންނެވި ގޮތަށް ވަޑައިގެން މުއާވިޔަތު ކުރިމައްޗަށް ހުއްޓިވަޑައިގަތެވެ. އެ ޕަރީކަމަނާ ގެ ރީތި ނޫކުލައިގެ ބިއްލޫރިކޮޅެއްް ފަދަ ދިއްލިފައިވާ ދެ ލޯފުޅުން މުއާވިއަތާ ހަތަރުކަޅި ހަމަކޮށްލެއްވިއެވެ. ދެން އެކަމަނާ ވިދާޅުވެއްޖެއެވެ.
"އޭ އިންސާނާ...! އަހަރެންގެ މުޅި އުމުރުގައި ދުވަހަކު ވެސް އެއްވެސް މީހެއްގެ ކިބައިން ހާއްސަކޮށް އިންސާނެއްގެ ފުށުން ތިކަހަލަ ދަޢުވަތެއް ނުލިބޭ!."
"އަހަރެންނަކީ ޕަރިސްތާން ރަސްގެފާނުގެ އަލްއަބީރުލްމާލިކް ގެހުންނެވި ހަމަ އެކަނި އަންހެން ދަރިކަނބަލުން .!"
"އަހަރެންގެ ނަމަކީ އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ"..
މި ޕަރީ ކަމަނާ މިހެން ވިދާޅުވެ ލެއްވި ވަގުތުކޮޅުގައި ވެސް އެ ކަމަނާގެ ރީތި ރަން އަޑުފުޅު ހީވަނީ މިއުޒިކެއް ކުޅެލެއްވި ހެންނެވެ. ދެން އެ ޕަރީ ކަމަނާ އަނެއްކާ ވެސް މުއާވިޔަތަށް ވިދާޅުވިއެވެ. "ތިއީ ކާކު؟؟؟"
މުއާވިޔަތު ހުރީ ފާޑަކަށް ގަބު އަރައިފައެވެ. އޭނާގެ ކުރިމަތީގައި އެ ހުންނެވި އަލި ގަދަ ތަރި އެއް ފަދަ ބުރުސޫރަ ރީތި އަންހެން ސާހިބާ ކަމަނާ ގެ ޖާދުވީ ރީތިކަން ފެނިފައި ދުނިޔޭގެ ހުރިހާ އެއްޗެއްގެ މަތިން މުއާވިޔަތު ހަނދާން ނެތުނު ކަހަލައެވެ. ޕަރީ ކަމަނާ ވިދާޅުވި ސުވާލުފުޅު ގެ ޖަވާބުގައި މުއާވިޔަތު އަށް ވެސް ކުރެވުނީ ފާޑެއްގެ ސުވާލެކެވެ.
މުއާވިޔަތު ބުންޏެވެ. "އަހަރުމެން އިންސާނުން ވާހަކަ ދައްކާ ދިވެހި ބަހުން ތި ޕަރީ ކަމަނާ އަށް ވާހަކަ ދައްކަވަން އެނގިލެއްވީ ކިހިނެއް....؟"
ޖަވާބުގައި އެ އަންހެން ސާހިބާ ކަމަނާ ކުޑަކޮށް ހިނިފުޅުވަޑުމުން ވިދާޅުވެއްޖެވެ.
"އަހަރެމެން ޕަރިސްތާނުގެ ހުރިހާ މީހުންނަށް ބިމަށް ފައިބައި ތިރިކޮށް ކޮންމެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ބަހުރުވަޔާއި އެބަޔަކު ވާހަކަ ދައްކާ ބަސް އެނގޭނެ.....!"
ދެން މުއާވިޔަތު ވަރަށް ހެވިފައި ހުރެ ބުންޏެވެ. "އަހަރެންނަށް ކިޔަނީ މުއާވިޔަތު...!"
މި ހުރިހާ މަންޒަރު ދުރުން ބަލަން އިން ސިއްދީގު ކުއްލިއަކަށް ފުންމައިގެން ތެދުވެ ދުވެފައި މުއާވިޔަތުގެ ފަހަތުން އައިސް ހުއްޓިއްޖެއެވެ. ކުއްލި ސިހުމަކާ އެކީ މުއާވިޔަތުގެ ކުރިމަތީގައި ހުންނެވި ޝަބީބާ ކަމަނާ އެ ކަމަނާ ތުރުކުރައްވައިގެން ހުންނެވި ދިއްލިފައިވާ ވިދައިބަބުޅަމުން ދިޔަ އެތެރެ ނުފެންނަ ވައްތަރުގެ ބިއްލޫރި ފޭރާންކޮޅު ދެއަތްޕުޅުން ނަންގަވައި މަޑުމަޑުން ހައިރާންފުޅުކަން މަތީ ފަހަތަށް ޖެހިވަޑައިގަތެވެ. މިހާރު މުއާވިއަތާއި ސިއްދީގު ގެ ކުރިމަތީގައި އެހުންނެވި ޕަރީ ކަމަނާ އާއި އެކަމަނާ ގެ ފަހަށްޕުޅުން ފެންގަނޑުތެރޭގައި ތިބިބާނދީ ޕަރީންތަށް ވަނީ ވަރަށްބޮޑަށް ހައިރާންވެ އަންތަރީސް ވެފައެވެ. ސިއްދީގު ޕަރީގެ ނަމުން ގޮވާލައިފައި ބުންޏެވެ.
"އަހަރެން ޢީދު ދުވަހުގެރޭ މިތަނަށް އައިން!..."
"އެރޭ އަހަރެން ގިނިކަނދުލް ޝަބީބާ ދުށިން!..."
"އެރޭ ތިއަންހެންކުއްޖާ ހުރީ އެކަނި!..."
"އެރޭ ތިއަންހެންކުއްޖާ މިފެންގަނޑަށް އަލިގުޅައެއް ހެން އައިސް އެރިހަދާފައި ބޮޑު އަލިފާންގަނޑަކަށް ވެގެން މައްޗަށް އަރައިގެން ދިޔަތަން ފެނުނު..."
"އަހަރެން ދުށިން އެރޭގެ ހުރިހާ މަންޒަރެއް!..."
ސިއްދީގަށް މިއިން ކޮންމެ ވާހަކައެއް އެ ބުނެވެނީ ވަރަށް އުނދަގުލުންނެވެ. އޭނާކުރިމަތީގައި ހުރި ޚޫރު ޕަރީ ފެނުމުން އޭނާއަށް ވީގޮތް ކަންނޭނގެއެވެ. ހައިރާންފުޅުކަންމަތީ ޝަބީބާ ކަމަނާ ސިއްދީގު މިދެއްކި ވާހަކައަށް ވިސްނާ ފިކުރު ފުޅުކުރައްވަން ހުންނެވިއެވެ. އެ ކަމަނާ ހުންނެވީ ވިދާޅުވެލައްވާނެ އެއްޗެއް ނޭނގި ވަޑައިގެންފައެވެ. ސިއްދީގު މިދެއްކި ވާހަކަތައް އެފެންގަނޑުގައި ތިބި އަންހެން ކުދިންތަކަށް ވެސް އިވޭނެއެވެ. ޝަބީބާ ކަމަނާ ގެ އިތުރުން ދެންތިބި ހުރިހާ ޕަރީން ވަނީ މިއަޑު އިވި އަދި މާބޮޑު ހައިރާންކަމެއް ލިބިފައެވެ.
ސަބަބަކީ އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ބިންމައްޗަށް ފައިބައި ވަޑައިގަންނަވާއިރު އެކަމަނާ އަރިހުގައި ބާނދީން ނުވަތަ ހާދިމުންގެ ބަޔަކު އަބަދު ވެސް ހަށިފާރަވެރިންގެ ގޮތުގައި ތިއްބަވައެވެ. ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން އަމީރާ ޝަބީބާ ކަމަނާ އެއްވެސް ހުކުރު ދުވަހެއްގެ ރޭ މިފެންގަނޑަށް ފައިބައި ވަޑައިގަންނަވައިފިއްޔާ އެހެން ނަސްލުގެ ޖިންނިއެއްގެ ލޮލަށް އެކަމަނާ ފެނި ހަމަލާއެއްދީ ވަގަށް ނަގައިފާނެކަމުގެ ބިރަށް ރަސްގެފާނު އަބަދު ވެސް އަމީރާ ޝަބީބާ ކަމަނާ އާއި އެކު އެކަމަނާގެ ހިމާޔަތަށްޓަކައި ޕަރީންގެ ބަޔަކު ފޮނުއްވައެވެ.
އަދި އެކަމަނާއަށް ގިނިކަންޏާ މިބިމަށް ތިރިކުރެއްވުމުގެ ހުއްދައަކާ އަމުރުފުޅެއް ލިބިވަޑައިގެން ނުވެއެވެ. އެހެނީ އަމީރާ ޝަބީބާ ކަމަނާ މިފެންގަނޑަށް އެރިވަޑައިގަންނަވާ އިރު އެހެން އެއްވެސް ޖިންނިއެއް ނުވަތަ އިންސިއެއް މިފެންގަނޑާ ހިސާބަށް އަތުވެއްޖިއްޔާ ޕަރީންގެ ގަދަފަދަ އަޑު ތަކުން މުޅިހިސާބުގަނޑު ގުގުމާލައި އެތާނގައި ތިބިއްޔާ ތިބިހާ އެއްޗެހި ބިރުގަންނަވައި ފައްސާލާނެއެވެ. ޕަރީންގެ މި އަޑުތައް ގަދަވާހިނދު ހީވާނީ ޓަނެއް ހުންނަހާ ބިޔަ ރަނގަބީލެެއްގައި ޖަހައި މުޅިތަނަށް ބިންހެލުމެއް އަންނަހެންނެވެ.
މިހާރު ޝަބީބާ ކަމަނާއަށް މިއެނގިލެއްވީ އެކަމަނާ އަށް ވެސް އިނގިނުލައްވައި އިންސިއަކު އެ ކަމަނާގެ އަސްލު ސިފަފުޅުގައި ފާޅުވެ ވަޑައިގެންނެވި ތަން ބެލިކަމެވެ. ސިއްދީގު ވަނީ ޝަބީބާ ކަމަނާ ފުރަތަމަ ފެނުނު އިރުއްސުރެ އެ ޚޫރު ޕަރީ ާގެ މައްޗަށް ހިތްކިޔައި ލޯބިވެފައެވެ. ސިއްދީގު ބޭނުންވަނީ ހަމަ އޭނާއަށް ދެއްކުނު ހުރިހާ ވާހަކައެއް ދައްކާށެވެ. މުއާވިޔަތު ހުރީ ވަރަށް ބޮޑަށް ބިރު ވެސް ގެންފައެވެ. އެކަމަކު ޝަބީބާ ކަމަނާ މުއާވިޔަތު ކުރިމައްޗަށް ހުއްޓިވަޑައިގެން ހުރުމުން މުއާވިޔަތު ހުރީ ކަޅިޖަހާނުލައި އެ ރީތި އަންހެން ސާހިބާ ކަމަނާ ފުޅަށްފަރުވާ ތެރިކަމާ އެކު ކަތި ނަޒަރަކުން ނަޒަރު ހުއްޓިފައެވެ. ފެންގަނޑުގައި ތިބި އަންހެންކުދިން ވެސް ތިބީ މި ހުރިހާ ވާހަކަތަކެއް އަޑުއަހާށެވެ.
ސިއްދީގު ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ތިއަންހެން ކުއްޖަކު ފެނުނުރޭނޫން އެހެން ރެއަކު ވެސް މިފެންގަނޑު ކައިރިއަށް އައިން އެކަމަކު ތި އަންހެންކުއްޖާ އެރެއަކު މިތަނަކަށް ނާދޭ"..
ޝަބީބާ ކަމަނާ އާއި އެހެންހުރިހާ ޕަރީންތައް ތިބީ މިވާހަކަ ރަނގަޅަށް އަޑުއަހާށެވެ. ފަހަރުގައި މިހާރު ދުނިޔޭގައި އުޅޭ އިންސާނުންގެ ެބައެއް ގޮތްތައް ޕަރީން ދަސްކުރަނީ ނޫންކަމެއް ވެސް ނޭނގެއެވެ!!. އެޕަރީން ތައް އެތިބީ ސިއްދީގު އެދައްކާ ހުރިހާ ވާހަކަތަކެއް ކަނުލާ އަޑުއަހާށެވެ.
އަނެއްކާވެސް ސިއްދީގު ބުންޏެވެ. "އަހަރެމެން ފާރަލާ ވެސް ހެދިން ދެން އެނގުނީ ފުރަތަމަ ރޭ ފިޔަވައި ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު މިފެންގަނޑަށް ޕަރީންތަކެއް ތިރިކުރާކަން.....! އެހެންވެ މިރޭ ވެސް އަހަރުމެން..." މިހެންބުނެފައި މުއާވިޔަތާ ދިމާލަށް ބަލައިލިއެވެ.
ދެންވެސް ވާހަކަ ދެއްކީ ސިއްދީގުއެވެ. "އަހަރުމެން މިއައީ މިތަނަށް ތި ޕަރީންތައް ދެކިލަން... ބަލާލާހިތުން...!"
މިގޮތަށް ސިއްދީގު ވާހަކަ ދައްކަމުން ވީހުރިހާ ގޮތެއް ކިޔައިދީފިއެވެ. މިހާރު ޝަބީބާ ކަމަނާ އަށް މި ވީހުރިހާ ކަމެއް ސާފުކޮށް އެނގިވަޑައިގަތީއެވެ. ޝަބީބާ ކަމަނާގެ ނޫކުލައިގެ ރީތި ދެލޯފުޅުން ކަރުނަފޮދު އޮހޮރެން ިފެއްޓެވިއެވެ. އެކަމަނާގެ ލޯފުޅުން ވެއްޓިވަޑައި ގަންނަވާ ކޮންމެ ކަރުނަ ތިއްކެއް ގަދަ ނޫކުލައިގެ ޖަވާހިރު ގެ ހިލަފާޑު އެއްޗަކަށް ބަދަލުވެ ވަޑައިގެން ގާކޮޅުތަކެއްހެން ފެންގަނޑަށް އެބައެޅެއެވެ.
ޝަބީބާ ކަމަނާ މުއާވިޔަތާ ދިމާލަށް އެނބުރިވަޑައިގެން ވިދާޅުވެއްޖެެވެ. "މުއާވިއަތު ކީއްވެގެންތަ ައަހަރެންގެ އަސްލުނަމުން ގޮވާފަ އެގާކޮޅު އެއްލީ؟"..
"އަހުރެމެން ޕަރީންގެ ޕަރިސްތާންގެ ގާނޫނުގައި ވާގޮތުން އެއްވެސް އަންހެން ޕަރީ އެއް ނުވަތަ ފިރިހެން ޖިންނީންގެ ގެ ބަޔެއްގެ އަސްލުނަމުން ގޮވައި އެއްވެސް އެއްޗެއް އޮޅިގެންވިއަސް ނުވަތަ ގަސްތުގައި ވިއަސް ގަޔާދިމާލަށް އެއްލައި ގޯނާ ކޮށް ހަމަލާއެއް ދިނުމުގެ އަދަބު ެއެނގޭތަ؟.."
"އެެއްވެސް ގޯނާއެއް ކޮށް ނުވަތަ ގައިގައި ޖަހައިފިނަމަ ޕަރިސްތާންގެ ގާނޫނުގެ ދަށުން ކޮންމެފަދަ މަޚްލޫގަކަށް ވިޔަސް ޖެހޭނީ އެއެއްޗަކާ ކައިވެނިކުރަން ނުވަތަ ޕަރިސްތާން ގަނޑުވަރުގެ ޖަލުގައި މުޅިއުމުރަށް ހައްޔަރުކުރަން."
"އެއީ ކިތަށްމެ ކުޑަގޮތަކަށް ވިއަސް ޕަރީންގެ ބައެއްގާ އަތްލައިފިނަމަ ނުވަތަ ޖަހައިފިނަމަ އެބަޔަކާ ޕަރީ އަކާދޭތެރޭގައި ރޫހާނީ ގުޅުމަކުން އަވަލައި ގުޅެން މަޖުބޫރުވާތީ."
"އެބައެއް ނުވަތަ އެ އެއްޗެއް ޖެހޭނީ އެއަށް ލިބޭ އަދަބެއްގެ ގޮތުން އެފުރާނައެއްގެ އަޖަލު ހަމަވަންދެން ޕަރިސްތާނުގައި ހައްޔަރުކުރަން..! ނުވަތަ ކައިވެނިކޮށްގެން ދުހަކުވެސް ބިމަށް ނުފޭބޭނެ ގޮތަށް ޕަރީން ގެ ތެރޭގާ މަރުވަންދެން ދިރިއުޅެން.."
ސަބަބަކީ އެއްވެސް މަޚްލޫގަކު ޕަރީއެއްގެ އަސްލުނަމުން ގޮވާފައި ގައިގާ ޖަހައި ނުވަތަ އަތްލައިފިނަމަ އެކަންވާނީ ޕަރިސްތާންގެ ޤާނޫންގެ ގޮތުން އެބަޔަކަށް ގޮނާއެއްދީ ގެއްލުމެއްދިން ކަމަށެވެ. ކިތަށްމެ ކުޑަގޮތަކަށް ގޮނާއެއް ދިނަސް ޕަރީން ތިބޭނީ އެބަޔަކާ ހިތް ޖެހިއަވަލަވާފައެވެ. އަދި އެބަޔަކާއެކު ނުނީ ޕަރީންނަށް ދިރިނޫޅެވޭނެތީއެވެ. އެމީހަކު ޖެހޭނީ ބޭނުން ނުވިއަސް ރޫހާނީ ގުޅުމަކުން އެފަދަ ޖިންނީންނާއި ރުހި ޤަބޫލުވާންށެވެ.
މިހެން ޝަބީބާ ކަމަނާގެ ޖަންބު ކޮތާފުޅަށް ރަތްކުލަ އަރައި ނުރުހުންވެ ވަޑައިގެން ވިދާޅުވުމުން މުއާވިޔަތު ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. އަދި އޭނާއަށް ގަސްތަކާއި ނުލައި އެކުރެވުނު ކުޑަކުޑަ ގޯނާއަށް އެ އަންހެން ޖިންނީގެ ކިބައިން މާފަށްވެސް އެދުނެވެ. އެހެންނަމަ ވެސް ކުށުގެ އުޤޫބާތައް ތަންފީޒް ކުރާނީ ހަމައެކަނި ޕަރިސްތާނުގެ ރަސްގެފާނު އަލްއަބީރުލްމާލިކްއެވެ.
އަދި ކިއެއްތަ ޝަބީބާ ޕަރީ ކަމަނާ ސިއްރިޔާތުގައި ރަސްގެފާނުގެ އަމުރުފުޅާ ނުލައްވައި މިފެންގަނޑަށް ތިރިކުރެއްވުމުގެ ކުށުގެ އަދަބު އެ ކަމަނާ އަށް ވެސް ދެއްވާނެއެވެ. އެއީ އެކަމަނާގެ ެރީތި ފިޔަގަނޑުފުޅު އަބަދުގެ އަބަދަށް ނެންގެވުން ނުވަތަ އެކަމަނާއަށް ދުވަހަކު ވެސް ޕަރީފެންގަނޑަށް ތިރިނުކުރެއްވުން މި ދެގޮތުންކުރެ އެއްގޮތުގެ އަދަބު ޝަބީބާ ކަމަނާ އަށް ވެސް އިންސާފްވެރި ކަމާއެކީ ހުކުމް ކުރެއްވޭނެތީއެވެ.
ރަސްގެފާނު އަމުރުފުޅު ކުރައްވާފައިވާ ދުވަހަކާ ވަގުތެއް ފިޔަވައި އެހެން ވަގުތެއްގައި މިފެންގަނޑަށް އެއްވެސް ޕަރީއަކު އައުންވާނީ މުޅިން މަނާކުރެވިގެންނެވެ. އަދި ޕަރިސްތާނުގެ ޤާނޫނުގެ ދަށުން މިބޮޑު ކުށް ފުރަތަމަ ފަހަރަށް މިކުރެއްވުނީ ވެސް އަލް އަބީރުލްމާލިކް ރަސްގެފާނުގެ ެހަމައެކަނި ހުންނެވި ރަސް ދަރިކަނބަލުންނަށެވެ. އަބަދު ވެސް ރަސްގެފާނު ވިދާޅުވެއެވެ. އެމަނިކުފާނުގެ އަމުރަކާނުލައި ދުނިޔޭގެ މިބިމުގައިވާ ޖަޒީރާ ރަށުގައިވާ ފެންގަނޑަށް އެރުންވަނީ މަނާކުރެވިފައެވެ. އެފެންގަނޑަށް އެރޭނެ ވަގުތަކާއި ދުވަހަކާއި އަހަރުތަކެއް ވާނީ ކަނޑައަޅުއްވާފައެވެ.
އެއީ މީގެ އެތަކެއް ހާސް އަހަރުތަކެއްގެ ކުރިން ނިންމަވައި ސިއްކަޖެހިފައިވާ ޕަރިސްތާން ގަނޑުވަރުކޮޅުގެ އެންމެބޮޑު އެއްގާނޫނެވެ. އަދި މީގެ އެތަކެއް ސަތޭކަ އަހަރުތަކެއްގެ ކުރިން ޖަރާކް ޖިންނީން ސަލާމަތް ވުމަށްޓަކައި ރަސްގެފާނުގެ އަމުރުފުޅަކާއި ނުލައި ޕަރީންގެ އެއްވެސް ހާދިމަކު ނުވަތަ ޕަރީންގެ އަންހެނަކަށް ވެސް މިފެންގަނޑަށް އެރުން ވަނީ މަނާ ކުރައްވާފައެވެ.
(ނުނިމޭ)