އާ އަހަރު ފާހަގަ ކުރުމަށް ވިޔަފާރި އުސޫލުން ހަވާ އަރުވަން ހަމަޖެހިފައިވަނީ 43 ރިސޯޓެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އާއަހަރުގެ ހަވާ އެރުމުގެ ކަންކަން މާދަމާރޭ ކުރިއަށް ގެންދިރުމަށް ހަމެޖެހިފައިވާއިރު، މާލޭގައިވެސް އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައިވެސް ހަވާ އެރުވުމެއް ނޯންނާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މާދަމާރޭ 43 ރިސޯޓެއްގައި ހަވާއަރުވުމަށް ހަމަޖެހިފައިވާއިރު، ހަވާއެރުވުމުގައި ހަރަކާތްތެރިވާނީ ސިފައިންކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އާ އަހަރާ ދިމާކޮށް މާލެ ސިޓީން ވަނީ ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައެވެ.