މޫސުން ގޯސްވެ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ވަނީ މިއަދު 9:25 އިން ފެށިގެން މެންދުރު 15:00 އާހަމައަށެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވެފައިވަނީ މިގަޑިތަކުގައި އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްކޮޅަކަށްވާތީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވަމުން ދާތީ، ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.