ހުޅުމާލެ ފޭސްދޭއްގެ ހިޔާ ފްލެޓްތަކުގެ ތެރެއިން އެޗް16 ޓަވަރާ ދިމާލުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު، ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެ ހަށިގަނޑަކީ ބިދޭސީމީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުންވަނީ ބަޔާންކޮށްފައެެވެ. މިހާރު އެ މީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.