މިދިޔަ ހަފްތާ ތެރޭގައި 10 ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހާ ރާއްޖެ އަންނަން ބުކިން ހަދާފައިވަނީ އެހެން މީހެއްކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނު ރައްޔިތެއްކަމަށްވާ، 25 އަހަރުގެ ހަމްޒާ ނައީމެވެ.

ރާއްޖެއަށް ދިހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހާ، ރާއްޖެ އައުމަށް ބުކިން ހަދާފައި ވަނީ އެހެން މީހަކު ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި މިދިޔަ ހަފްތާ ތެރޭގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ހަމްޒާ ނައީމު ނަމަކަށް ކިޔާ ޕާކިސްތާނު ރައްޔިތެކެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައި އެ މީހާ މީގެ ކުރިން ބުނެފައިވާގޮތުގައިި މަސްތުވާތަކެތި ފެނުނީ އޭނާއާ ރައްޓެއްސަކު ހަވާލު ކުރި ފޮށްޓަކުންނެވެ. ކަސްޓަމަސްއިން ބުނީ އެ ފޮށިން ފެނުނު ބަރުދަނުގައި 10.14 ކިލޯ ހުރި މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

މި މީހާގެ ބަންދަށް ކޯޓުން ފުރަތަމަ އެއް ދުވަސް ޖެހިނަމަވެސް އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުގައި ރާއްޖެ އައުމަށް ބުކިން ހަދާފައި ވަނީ އެހެން ފަރާތެއްގެ ނަމުގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލައަށް އޭނާ އިންކާރު ކުރާ ކަމަށް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.