މިއަދު ކުރިއަށްދިޔަ ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަނުގެ ހަތަރު ވަނަ ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފިއެވެ.

އެ ތިން އެއްބަސްވުމުގެ ތެރެއިން އެންމެ ފުރަތަމަ އެއްބަސްވުމަކީ ލަންކާގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާގެ ސަފީރު އަލީ ފާއިޒުއެވެ.

ދެވަނަ އެއްބަސްވުމަކީ ސިއްހީ ދާއިރާގައި ލަންކާ އަދި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާއު ޝަރީފުއެވެ.

ތިންވަނަ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން އިތުރަށް ވަރުގަދަކޮށް އެކުގައި މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެވެ. އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުން ތަކަކީ ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮން ގުޅުން ބަދަހި ކުރުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ފޮރިން މިނިސްޓްރީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ހޯމް މިނިސްޓްރީ، މިނިސްޓްރީ އޮފް އާޓް އެންޑް ކަލްޗާ، ޑިފެންސް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.

އެ ވަފުދު ލީޑު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.