ހިޔާ ފުލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާ ލައިގެން އެއްކޮށްލާފަ ހުރި މައްސަލައަކާ ގުޅިގެން އަލުން އެތަން ބަދަލުކުރުމަށް އިތުރު ހަތް ދުވަސް އާބަންކޯއިން ދީފިއެވެ. އާބަންކޯއިން ވަނީ އެ މައްސަލަ ބެލުމަށްފަހު އެ އެޕާޓްމެންޓު ލިބުނު ދެ ފަރާތް 100،000 ރުފިޔާއަށް ޖޫރިމަނާ ކޮށް، އެޕާޓްމެންޓު ކުރިން ހުރި ގޮތައް ބަދަލުކުރަން އަންގާފައެވެ.

ނަމަވެސް މި މުއްދަތު ތެރޭގައި އެ ދެ ފަރާތުން ޖޫރިމަނާ ދައްކާފައި ނުވެއެވެ. އަދި ކުރިން ހުރި ގޮތައް ބަދަލުކޮށްފައި ނުވާތީ އާބަންކޯއިން ވަނީ އެ ދެފަރާތުގެ އެގްރީމެންޓު ބާތިލްކުރަން ނިންމައި، 14 ދުވަސް ތެރޭގައި އެޕާޓްމެންޓު ހުސްކުރަން އަންގާފައެވެ.މި މަހުގެ އެއްވަނަ ދުވަހާ އަށް މުއްދަތު ހަމަވެފައިވަާއިރުވެސް އެތަން ހުސްކޮށްފަ ނުވާކަމަށް އާބަންކޯއިން ބުނެފައިވެއެވެ.މި މައްސަލާ ގުޅިގެން

މި މައްސަލާގައި އެ ފްލެޓުތައް ލިބުނު ފަރާތްތަކުން ވަނީ އެތަން އަތުލުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައިވެސް އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހުކުމްކޮށްފައެވެ.

އާބަންކޯއިން ބުނީ އެތަން ހުސްކުރަން ދިން މުއްދަތު ހަމަވެފައިވާއިރު އެ ކޯޕަރޭޝަނުން އެންގި ގޮތަށް އެ ފްލެޓުތައް އިޔާދަކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އާބަންކޯއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލައި ޔުނިޓްތަކަށް ގެނެސްފައިވާ ބަދަލުތައް ހައްލު ކުރުމަށް އިތުރަށް ހަތް ދުވަހުގެ ފުރުސަތެއް ދީފައިވާކަމަށެވެ.