ޕާކިސްތާންގައި ޕައިލެޓުންގެ ލައިސަންސްގެ މައްސަލަ ގައުމީ ފެންވަރުގެ ބޮޑު ފަޟީހަތަކަށް ވުމާ ގުޅިގެން ޕައިލެޓުންނަށް ލައިސަންސް ދިނުން ހުއްޓަލައި އިސްލާހީ ފިޔަވަޅުތައް އެޅުމަށް އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޮރގަނައިޒޭޝަން (އައިކާއޯ) އިން އަންގައިފިއެވެ.

ކިޔާލަން: ޕާކިސްތާން ޕައިލެޓުންގެ އަތުގައި ފޭކް ސެޓިފިކެޓްތަކެއް

ރޮއިޓަރޒް އިން ރިޕޯޓް ކުރިގޮތުގައި އައިކާއޯގެ އެންގުމުގެ ކޮޕީއެއް އެފަރާތަށް ވަނީ ލިބިފައެވެ.

އޮޅުވާލައިގެން ޕައިލެޓް ލައިސަންސް ހޯދި މައްސަލައެއްގައި ޕާކިސްތާނުން ދަނީ 50 ޕައިލެޓުން ތަހުގީގު ކުރަމުންނެވެ.

ޕާކިސްތާންގެ ސިވިލް އެވިއޭޝަން މިނިސްޓްރީން ބުނާ ގޮތުން އެފަރާތުން މި ފަޟީހަތް ފެންމަތިވި ފަހުން އިތުރު ޕައިލެޓް ލައިސެންސެއް ދީފައެއް ނުވެއެވެ.

ކިޔާލަން: ޕާކިސްތާން ޕައިލެޓުންނާ ދެކޮޅަށް ފިޔަވަޅުތަކެއް

ޕާކިސްތާނުން ބުނާ ގޮތުން އިތުރު 32 މީހެއްގެ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ.

ޕާކިސްތާންގެ ޕައިލެޓުން ވަގު ސެޓްފިކެޓް ގެންގުޅޭ ކަން ބޭޒާރުވުމާ ގުޅިގެން ޕީއައިއޭގެ ޔޫރަޕް ދަތުރުތަކާއި އެމެރިކާ ދަތުރުތައް ހުއްޓާލަން އެތަންތަނުން ވަނީ އަންގާފައެވެ. އަދި މެލޭޝިއާއި އާއި ގަތަރާއި ވިއެޓްނާމުންވެސް ޕާކިސްތާން ޕައިލެޓުން ވަޒީފާއިން ވަކިކޮށް ފޮނުވާލާފައި ވެއެވެ.