ޑިމޮކްރެޓްސް ހައުސްއަށް ކަޅުތެޔޮ ޖަހައިފިއެވެ.

ޑިމޮކްރެޓްސް ހައުސްއަށް ކަަޅުތެޔޮ ޖަހަމުން ދިޔައީ ސައިކަލުތަކެއްގައި ދިޔަ ބައެކެވެ. އެމީހުން ވަނީ އެމްޑީޕީގެ ރަސްމީ ހަރުގެ ހިންގި ތަނުގައި މިހާރު ހުޅުވާފައިވާ ދަ ޑިމޮކްރެޓްސް އަށާއި މުޅި އެސަރަހައްދަށްވެސް ކަޅު ތެޔޮ ޖަހާފައެވެ.

އެމީހުން އެހިސާބުގެ ދިމާތަކަށް ކަޅުތެޔޮ ޖެހުމުގައި އެ ސަރަހައްދުގައި އޮތް ކާރަކާއި "ދަ ޑިމޮކްރެޓްސް" ޖަހާފައިވާ ބޮޑު ބޯޑަށް ވެސް ވަނީ ކަޅުތެޔޮ ޖަހާފައެވެ.

ޑިމޮކްރެޓްސް ހައުސް އަކީ ކުރީގެ ރައީސް ނަޝީދު އަލަށް އުފައްދާ ޕާޓީގެ ހަރަކާތްތައް ހިންގާ ތަނެވެ.