ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުން ދާތީ ކޮންމެ ދުވަހަކު ދެފަހަރު ފޮގު ކުރުމުގެ މަސައްކަތް އާބަންކޯއިން ފަަށައިފިއެވެ.

އާބަންކޯއިން ބުނީ ކޮންމެ އަހަރެއްގެ ޖޫން ޖުލައި މަހަކީ ވިއްސާރަ ދުވަސްތަކަށް ވުމުން މަދިރި ގިނަވުމުގެ ޑެންގޫ ހުން ފެތުރެމުން ދާކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ފޮގްކުރަން ފެށީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޕީއޭއާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި ކޮންމެ ދުވަހަކު ފޮގް ކުރަން ބޮޑަށް އިސްކަމެއް ދެނީ ހުޅުމާލެގައި މީހުން އުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ސަރަހައްދުތަކަށް ކަމަށް އާބަންކޯއިން ބުންޏެވެ.

އަދި އަރބަންކޯގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމުވާނެކަމަށާއި އެހެންކަމުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމަށްވެސް އަރބަންކޯއިން ފާހަގަކުރެއެވެ.

އަދި ފޮގު ކުރާނީ ފަތިހުއާއި ހަވީރުކަމަށްވެސް އާބަންކޯއިން ބުނެފައިވެއެވެ.