އއ.ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓް ބަހައްޓައިފިކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކުންފުނިން ބުނިގޮތުގައި ރަސްދޫގައި އިތުރުވަަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ފެންވަރު ރަނގަޅު ފުރިހަމަ ހިދުމަތެއް ދިނުމުގެ ގޮތުން އެރަށުގައި ބެހެއްޓިގެން ދިޔަ 100 ޓަނުގެ އާރުއޯ ޕްލާންޓެއްކަމަށެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނީ މިކަމުގެ ސަބަބުން ރަސްދޫގައި ފެން އުފެއްދުމުގެ ޖުމްލަ އިތުރުވެގެން ދާނެކަމަށެވެ. އެއީ މުޅި ޖުމްލަ ކެޕޭސިޓީ 160 ޓަނު އިތުރު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިންވަނީ އެކި ރަށްރަށުގައި ފެނުގެ ހިދުމަތް ފަށާ، ރައްޔިތުންނަށް ހިދުމަތް ދީފައެވެ.