ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ކ.ކޮއްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު "ދޯދީ" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. އެގޮތުން ދޯނީގެ ވަތު ތެރެއަށް ވެއްޓި އަތް ބިނދިފައިވަނީ 20 އަހަރުގެ ދިވެހި ޒުވާނެއްގެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ޒުވާނާ އަވަސް ފަރުވާ އަށް މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:09 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.