އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނީ ގޭގައެވެ އަދި ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރް ޓެސްޓް ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެ އަންނައިރު ވެސް އެ ދަރިވަރުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންނަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު މިބަދަލު ގެނަޔަސް، ރާއްޖެއިން ބޭރުން އަންނަ އެހެން ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ނަމަވެސް އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީނުވާން ޖެހެއެވެ.