ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުޟުޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާއި މިއަދު ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރ ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.

މި ޕާޓްނަރޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިންނެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއްވެސް ލިބުން. އެގޮތުން ބަކަރި.އެމްވީ އާއި ގުޅިގެން މިހާރު ޢީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް މޫލީ މެދުވެރިކޮށް އެތައްތަނެއް ފަސޭހަވެގެންދާނެ. މޫލީ މެދުވެރިކޮށް އޯޑަރ ޖައްސަވާލެއްވުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރ ކުރުމުގެ ޙިދުމަތްވެސް ލިބިގެންދާނެ. ހާއްސަކޮށް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

"ބަކަރިއެމްވީ ގެ އަމާޒަކީ، ޢަޤީޤާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ޙިދުމަތް ފޯރުކޮށްދިނުން. މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހި ކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވިއެވެ.

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް އޯޑަރ ކުރާނެ ގޮތް:

1. https://mool.ee/bakarimv ޒިޔާރަތްކުރުއްވާ

2. ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިޚްތިޔާރު ކުރައްވާ

3. ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރައްވާ

4. އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދައްކަވާ

ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ. މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. ކަސްޓަމަރުން ގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލަފުޅަށް ޑެލިވަރ ކުރައްވަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސާދެވޭނެއެވެ.

އޯޑަރ ކުރުމަށް https://mool.ee/bakarimv ޒިޔާރަތް ކުރައްވާށެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ފައިދާ ލިބިގަތުމަށް މޫލީ އިން ދައުވަތު އަރުވަ އެވެ.

ބަކަރިއެމް ވީ ގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދާލުމަށް www.bakarimv.com އަށް ޒިޔާރާތްކޮށްލައްވާށެވެ.