ހައްދުންމަތީ ގަމުގެ ފަސް މިސްކިތެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ހަރުކޮށް ކަރަންޓުބިލް އިންތިހާއަށް ކުޑަކޮށްފިއެވެ.

މިއީ ލ. ގަމުގެ މިސްކިތްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ހަރުކުރުމަށް ފެނަކައާއި، ގަމު ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަސް ގެންދިޔަ މަޝްރޫއެކެވެ.

މިބަދަލާއެކު އެ ފަސް މިސްކިތުގެ ކަރަންޓު ބިލްވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން ކުރިން ކަރަންޓު ބިލަށް އަރަމުންދިޔަ 122,600.00 ރުފިޔާ މިހާރުވަނީ 49,100.00 ރުފިޔާ އަށް ކުޑަކުރެވިފައި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މިއީ އަވިން ހަކަތަ އުފައްދާ ނިޒާމު ބޭނުން ކުރުމަށް އެހެން މީހުންނަށް ވެސް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްވަރެކެވެ. ފެންނަކައިން މަސައްކަތްކުރަމުން ގެންދަނީ ތެލަށްކުރާ ޚަރަދު ކުޑަކޮށް އަވިން ޙަކަތައް އުފައްދައިގެން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ކުރުމަށެވެ.