އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރުމުން ދިޔަ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަހު ކައުންސިލުން ބުނީ އެ ދެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް އައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެނެއް ކަމަށް ކައުންސިލުން ބުނެއެވެ.
މިހާރު މި ދެމީހުން އެކަހެރިކޮށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް އުކުޅަހު ކައުންސިލާއި ރަށު ކޯވިޑް ޓާސްކްފޯސް ގުޅިގެންދަނީ ކުރަމުންނެވެ.
އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް މީގެކުރިންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.