އެގްރޯނެޓް ކުންފުނިން ބަންނަ އެގްރިބޯޓު ބަންނަން ފިކްސް އިން މެރިން ޕްރައިވެޓްއާ ހަވާލުކޮށްފިއެވެ.

މި ބޯޓު ބަނުމަށް ހަވާލުކޮށްފައިވަނީ އެގްރޯނެޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކުންފުންޏަކީ ކ. ހުރާގައި ބޯޓުޔާޑެއް ގާއިމުކޮށްގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏާ ހަވާލުކުރީ ދެ ބޯޓު ބަނުމަށެވެ. އެއީ 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ ބޯޓެއް ބަނުމަށެވެ.

އެގްރިބޯޓަކީ ޔޫއެންޑީޕީ އަދި ޖަޕާން ސަރުކާރުގެ އެހީގައި ބަންނަ ބޯޓެކެވެ.

ޔޫއެންޑީޕީން މިއަދު ބުނީ އެ ބޯޓުގެ ސަބަބުން ރާއްޖޭގައި ކާނާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަނޑުވެރިންގެ އުފެއްދުންތައް އަވަހަށް ބާޒާރަށް ނެރެވި، ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުން ކުޑަވެ، އިގުތިސޯދު ފުޅާވެގެންދާނެ ކަމަށްވެސް ޔޫއެންޑީޕީން ބުންޏެވެ.

އެގްރިބޯޓު ފަރުމާކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިން ޕޮލިސް ޑިޕާޓުމެންޓުނެވެ. އެ ބޯޓު ފަރުމާކޮށްފައިވަނީ ކޯލްޑް ސްޓޯރޭޖަށް ސޯލާ ޕެނަލް ބޭނުންކޮށްގެން ހަކަތަ ލިބޭ ގޮތަށެވެ.

ފިކްސް އިން މެރިން ޕްރައިވެޓް އަކީ ދިވެހި ކުންފުންޏެކެވެ.