ހުޅުމާލޭ ފޭސް ދޭއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވާފައިވަނީ އިއްޔެއެވެ. އެތަން ހުޅުވީ ހިޔާ ފްލެޓު ސަރަހައްދުގައި ހުންނަ ވިނަރެސް ފްލެޓުގައެވެ.

އެމްއައިބީން ބުނީ މީގެ ކުރިން ކާުޑުން ފައިސާ ނަގާއިރު ނަގަމުން ދިޔަ ފީ އާ ނުލައި، ހުރިހާ ބޭންކެއްގެ ކަސްޓަމަރުންނަށްވެސް ފައިސާ ނެގޭނޭކަމަށެވެ. މިވަގުތު އޭޓިއެމް އިން ލިބޭނީ ފައިސާ ނެގުމުގެ ހިދުމަތް އެކަނިކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

ފައިސާ ޖަމާކުރުމުގެ ހިދުމަތް ވަރަށް އަވަހަށް ފަށާނޭ ކަމަ އެ ބޭންކުން ވަނީ ބުނެފައެވެ. މި އޭޓީމްގެ ސަބަބުން ކުރިން ފޭސް އެކަކަށް ފައިސާ ނަގަންދިޔަ ދިޔުމަށް ނިމުމެއް ގެނެފައިވާ ކަމަށް ވެސް އެމްއައިބީ އިން ބުނެފައިވެއެވެ.

އެމްއައިބީން ހުޅުވި މި އޭޓިއެމްގެ ބޭރުގައި ރާއްޖޭގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ހިމެނޭ ރީތި ކުރެހުންތައް ހިމަނާފައިވެެއެވެ.