މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިއިރު އެޗްޕީއޭ އިން ބުނީ އެ ކްލަސްޓާ އިން އިތުރު ހަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 78 އަށް އަރާފައެވެ.

ކައިވެނި ޕާޓީ އާއި ގުޅިގެން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ކްލަސްޓާ އާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 229 ފަރާތެއް ދެނެގަނެވިފައިވާ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.