ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރަން އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ބުނެފައިވާ ގޮތުގައި، އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން މަކިޓާ އުފެއްދުންތަކުން ސާޅީސް ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ކޮށްދެއެވެ.

އެސްޓީއޯ އިން ވަނީ، މަކިޓާ ޝޯ ރޫމުން އިއްޔ ވިޔަފާރިކުރި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ފަންސަވީސް ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާވެސް ދީފައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަކިޓާގެ ޝޯ ރޫމުން އެންމެ ގިނައިން ވިޔަފާރި ކުރި ފަސް ފަރާތަށް ހާއްސަ ހަދިޔާއެއްވެސް ވަނީ ދީފައެވެ.