ގދ. ފަރެސްމަތޮޑާގައި ތަރައްޤީކުރާ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މިއީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ވަޞީލަތްތައް އެރަށަށް ގެންގޮސްފައި ވަނީ އާ އަހަރުގެ ފުރަތަމަ ދުވަހުގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއާޕޯޓެކެވެ.