ހުޅުމާލެ ފޭސްދޭއްގެ ހިޔާ ފުލެޓުގައި ހުސްކޮށް ހުރި 145 ފުލެޓް، ރިޒާވް ލިސްޓުގެ ތަރުތީބުން ދޭން ރައީސް އިބްރާހީމް މުހައްމަދު ސާާލިހު ނިންމަވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން ދެއްވި ލަފާފުޅާއެކު ކަމަށް ރައީސް އޮފީހުން މިރޭ ވަނީ ބުނެފައެވެ.
މީގެ އިތުރުން ވަޒީރުންގެ ލަފާފުޅާއެކު، ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމަކަށް، އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 މީހަކަށް ފެލެޓް ހަވާލުކުރުމާ މެދުވެސް ރައީސް ވަނީ ގޮތެއް ނިންމަވައިފައެވެ.
މިކަމަށް ރައީސް ނިންމެވީ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި ހިމެނޭ އެ 45 މީހުންނަށް ފްލެޓް ހަވާލު ކުރުމަށެވެ.