އީދު ދުވަހާއި ވަޅު އީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން، މި ނިންމުން ނިންމާފައިވަނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެ ގޮތަށް ކަންތައް ކުރަން ނިންމާފައިވަނީ އެބަޔަކު ދިރިއުޅޭ ސަރަހައްދު ބަންދުކޮށްގެން އީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހަމައެހެންމެ މި ނިންމުންމިގޮތަށް ނިންމީ، ކުރީ ފަހަރުތަކާ ހިލާފަށް ހުރިހާ މަގެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމުގެ ސަބަބުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ކަމަށްވެސް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މިއަދު މާލެސިޓީކައުންސިލުގެ ހަތަރުވަނަ ދައުރުގެ 107ވަނަ ރަސްމީ އާންމުޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކަށާއި ތުއްތު ކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށެވެ، އަދި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށްވެސް ބުރޫނާރާ ގޮތަކަށް މި ދެ ދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ ކުރިން އައި އީދުތަކުގައި މާލެސިޓީގެ ކަނޑައެޅޭ މަގުތަކަކާއި ސަރަހައްދުތަކެއްގައި، ކަނޑައެޅޭގަޑިތަކެއްގައި، ދުއްވާ އެއްޗެހި އަދި އިންޖީނުލީ އެއްގަމު އުޅަނދު ދުންވުން މަނާ ކުރެއެވެ.

މިއަހަރުގެ އަޟްޙާ އީދުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ. އަދި ވަޅު އީދަކީ މިޖޫން މަހުގެ 29އެވެ. އެހެންކަމުން ހައްޖުދުވަސްވާނީ މިޖޫންމަހުގެ 27ވަނަދުވަހަށެވެ. އަދި އީދަކީ 28އަށްވުމުން އައްޔާމުއްތަޝްރީގުގެ ތިންދުވަހަކީ 29، 30 އަދި ޖުލައިމަހުގެ 1 ވަނަ ދުވަހެވެ.