ޑޮނަލްޑް ޓްރަމްޕްގެ ވިސްނުން ހުރީ ސުލްހައިގެ ނޮބެލް އިނާމު ހޯދުމަށް ކަމަށް އޭނާގެ ގާތް ފަރާތަކާ ހަވާލާދީ ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފިއެވެ.

ޓްރަމްޕް ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯވް ނަޔަންތާހޫއަށް ފިއްތުމުން މިހާރު ނަތަންޔާހޫއަށް ގޮތް ހުސްވެ މަޖުބޫރު ވެފައި ވެއެވެ. އޭނާ ބޭނުންވި އެއްވެސް ކަމެއް ހާސިލު ނުކުރެވި ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވެފައި ވެފައި ވެއެވެ.

ނޯބެލްގެ އެވޯޑަށް ޓްރަމްޕްގެ ޝައުގުވެރިކަން އަލުން ފާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމާއި ރަހީނު ދޫކޮށްލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ޓްރަމްޕްގެ އެއިޑް ބުންޏެވެ.

ޓްރަމްޕްގެ މޮޅުކަމަކީ، ހަނގުރާމަ ހުއްޓުވުމެއް ނޫނެވެ.

ޓްރަމްޕް މޮޅު މީހަކަށް ވާނީ މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކޮށް ނިމިގެން ދެވަނަ މަރުހަލާ ތަންފީޒު ވުމެވެ.

ނަތަންޔާހޫގެ ވިސްނުން ހުރީ އަލުން ހަނގުރާމަ ފައްޓާ ގޮތަކަށެވެ.

ޓްރަމްޕަށް އެގޮތް ވަރިހަމަ ވެދާނެ ހެއްޔެވެ؟

ނޫނެކެވެ! އަރަބިންގެ ޒަޔަނިސްޓު އަޚުންނާއި އިޒްރޭލު އަޚުންނާ ދެމެދު ގާތް ކުރުމަށް އެކުލަވާލި އިބްރާހީމީ މުއާހަދާއަކީ ޓްރަމްޕްގެ އުފެއްދުމެކެވެ. ޓްރަމްޕް ބޭނުން ވަނީ ސައޫދީންވެސް އެއަށް ވައްދާށެވެ. ސައުދީ ބިން ސަލްމާނާއި ސައުދީ ސޮވްރިން ވެލްތު ފަންޑަކީ ވިޔަފާރީގެ ނަޒަރަކުން ޓްރަމްޕަށް މުހިންމު ބައެކެވެ.

ޓްރަމްޕްގެ ދަނބި ކޮއެގެ އިންވެސްޓްމެންޓް ފަންޑްގެ އެންމެ ބޮޑު ހިއްސާ ކަމަށްވާ 2 ބިލިއަން ޑޮލަރަކީ ބިން ސަލްމާނއި ސައޫދީގެ ހިއްސާއެވެ. އެހެންވެ ޓްރަމްޕް ބޭނުން ވަނީ އިޒްރޭލާ ސައޫދީން ގުޅޭށެވެ.

ސައޫދީން ބުނެފައި ވަނީ ފަލަސްޠީނުގެ ދައުލަތެއް ގާއިމް ވުމަށް ފަހު ނޫނީ އިޒްރޭލާ ގުޅުމެއް ބޭއްވޭކަށެއް ނެތް ކަމަށެވެ. ނަމަވެސް އިޒްރޭލު މީޑިއާއިން ބުނަނީ، އިބްރާހީމީ މުއާހަދާގައި ބައިވެރިވުގެ ކުރިން ސައޫދީންގެ ޝަރުތަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާވަލެއް އެކުލަވާލައި އެ ތާވަލަށް މަސައްކަތް ކުރާށެވެ.

މިހެން ވެއްޖެނަމަ، މިއަކު އައު ކަމެއް ނެތެވެ!

އޮސްލޯ 1 އަދި 2 މުއާހަދާ ގައިވެސް ފަލަސްޠީނުން ސޮއިކުރީ މިމަގްސަދުގައެވެ.

މިއަދު އޮސްލޯ މުއާހަދާއެއް ނެތެވެ. ޔަހޫދީންނަކީ ކޮންމެ މުއާހަދާއެއްގައި ސޮއިކުރުމަށްފަހު އެއަށް ބަދަލު ގެނައުމަށް އައު މުހާދާއެއް ބޭނުންވާ ބަޔެކެވެ.