ޓްރާންސްޕޯޓްގެ އޮންލައިން ހިދުމަތްތައް އޮންލައިންކޮށް ނުލިބޭ ގޮތަށް ހަދައިފިއެވެ.

މިނިސްޓްރީންކޮށްފައިވާ އިއުލާނެއްގައި ބުނީ އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތެއް ކުރުމަށްޓަކައި އިއްޔެއިން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް ހިދުމަތްދޭ ސިސްޓަމަށް ދިމާވި މައްސަލަ އެކުންފުނިން ހާމަކޮށްފައިއެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި ޑްރައިވިން ލައިސަންސް ހިދުމަތް އަދި އުޅަނދު ރަޖިސްޓްރީ ކުރުމާއި ފީ ބަލައިގަތުމުގެ ހިދުމަތް ހިމެނެއެވެ.