މި ޢީދުގައި މުޖްތަމަޢުގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

މޭޔަރ މިފަދައިން އިލްތިމާސް ކުރެއްވީ އަޟްޙާ ޢީދުގެ ތަހުނިޔާ އާއިއެކު ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރ ގެ ޓްވީޓްގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ ދުޢާ، ތަހްނިޔާ އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވަމުން ވިދާޅުވީ މި ޢީދުގައި މުޖްތަމަޢުގެ ތެރޭގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށައި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢަކަށް މި މުޖުތަމަޢު ހެދުމަށް ޢަޒުމް ކަނޑައެޅުމަށެވެ.

މީގެއިތުރުން އަޟްޙާ ޢީދަށް މާލެ ސިޓީކައުންސިލުން ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު އެ ހުރިހާ ޙަރަކާތެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މާލެސިޓީ ކައުންސިލުން އަޟްޙާ ޢީދަށް ޚައްސަކޮށް ހިންގި ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.