ސިފްކޯ ހިޔާ ޓަވަރު ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. ސިފްކޯހިޔާޓަވަރު ކައިރީގައިހުރި ކުނުތަކުގައި އަލިފާން ރޯވާން ދިމާވި އެއްވެސް ސަބަބެއް އަދި އެނގިފައެއްނުވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކުނިތަކުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:33 ގައި ކަމަށެވެ. މައުލޫމާތު ލިބުމާއެކު 111:37 ގައި އެސަރަހައްދަށް ފަޔަރުން ދިޔަކަމަށް ވެސް ބުނެފައިވެއެވެ. ފަޔަރުންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 11:43 ގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެެއެވެ.