މާލެ ސިޓީގެ ލޮނުޒިޔާރަތްމަގުގައި ހުރި ހަދަމުންދިޔަ ގެއެއްގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

"ހަލި" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެންމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި މިތަނަށް ވަދެ އުޅުނީ ހައިވޯލްޓޭޖް ކަރަންޓު ކޭބަލްއެއް ނަގަންކަމަށާއި އެނެގުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނީކަމަށްވެއެވެ.

ފުލުހުން ބުނީ ހެންވޭރު ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައިވާ މީހަކު އޮތްކަމުގެ މަޢުލޫމާތު މިއަދު 1:20 ހާއިރު ލިބިފައިވާ ކަމަށާއި މި މީހާ އޭޑީކޭއަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އެކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.