ބަޔަކު ބައިވެރިވެގެން މަންމައެއް، އޭނާގެ ދެ ދަރިންގެ ކުރިމަތީގައި ރޭޕްކޮށްފައިވަނީ އޭނާ މަހްރަމަކާ ނުލައި ބޭރަށް ނިކުތުމުން ކަމަށް ޕާކިސްތާން ފުލުހުންގެ ވެރިއަކު ވިދާޅުވުމުން އެކަމާ ދެކޮޅަށް މީހުން ކެކިއަރަން ފަށައިފިއެވެ.
ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުންނާއި އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ މީހުން ބުނެފައިވަނީ މިފަދަ ބަޔާންތައް ދީފައި މީނާއަކަށް މަގާމުގައި ހުރެވިގެން ނުވާނެ ކަމަށެވެ.
ކިޔާލަން: ނައިޖޭރިއާގައި ރޭޕިސްޓުން ހޯޖާ ކުރަނީ
ލާހޯރުގެ ފުލުހުންގެ ވެރިޔާ، ތަކުރާރުކޮށް ބުނެފައިވަނީ އަންހެން މީހާ މަހްރަމަކާއެކު ދިޔަނަމަ އޭނާ ނުރައްކަލަށް ހުށަނޭޅުނީސް ކަމަށެވެ.
މި ކަނބުލޭގެ އިއްފަތް ފޭރިގެންފައި ވަނީ ހައިވޭގައި އޭނާގެ ކާރުގެ ތެޔޮ ހުސްވެގެން ހުއްޓުމާއެކު އޭނާ އެހީއަކަށް އެދި މަޑުކޮށްގެން ހުއްޓައެވެ.
އޭނާއަށް ގޯނާ ކުރި މީހުން އެމީހުންގެ މުޑުދާރު އަމަލު ހިންގާފައިވަނީ އެނާއަށް ޖިސްމާނީ ގޯނާ ކުރުމަށް ފަހުގައެވެ.
ފުލުހުންގެ ވެރިޔާ އުމަރު ޝެއިޚް، ބުނެފައިވަނީ، ރޭގަނޑު ޕާކިސްތާންގައި އެއްވެސް މީހަކު އޭނާގެ އުޚުތަކު، ނުވަތަ މަޔަކު ބޭރަށް އެކަނި ދާން ބޭނުމެއް ނުވާނެއެވެ.
އިއްފަތް ފޭރިގެންފައިވާ މީހާއަކީ ފަރަންސޭސި ރައްޔިތެކެވެ.
ފުލުހުންގެ ވެރިޔާ ބުނެފައިވަނީ، އެކަނބުލޭގެ ވަޒަން، ފްރާންސާ އެއްގޮތަށް ޕާކިސްތާނަކީ އަމާން ތަނެއްކަމުގައި ދެކެގެން ނުވާނެ ކަމަށެވެ.
މުސްލިމް ޕާކިސްތާނަކީ އަންހެނުންނާއި ބައިމަދު ދަރިކޮޅުގެ ބަލޫޗީންނާއި، ނަސާރާއިންނާއި ހިންދީންނަށް އިންތިހާއަށް ނުރައްޖާ ގައުމެކެވެ.
ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން ނަވާޒީ ވިދާޅުވީ އަންހެނެއްގެ އިއްފަތް ފޭރިގަތުމަކަށް ދައްކާނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ.
އަންހެނުން ވަނީ އަހަރެން މިތިބީ ރުޅިއައިސްފައޭ ޝިއާރުގެ ދަށުން އިއްޔެ ޕާކިސްތާންގެ ކަންކޮޅުގައި މުޒާހަރާތައް ބާއްވާފައެވެ.
މިހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމީހުން އާންމު މައިދާނެއްގައި ދަން ޖައްސަން މީހުން ދަނީ ގޮވަމުންނެވެ.
މުސްލިމް ޕާކިސްތާންގައި ގޭންގް ރޭޕްގެ ޖަރީމާއަކީ މަދުން ނަމަވެސް ހިންގާ ޖަރީމާއެކެވެ. ނަމަވެސް ޖިންސީ ގޯނާކުރުމާއި އަންހެނުންނަށް އަނިޔާ ކުރުމަކީ އިޖުތިމާއީ އާދަކާއިން ބައެކެވެ.
ޕާކިސްތާންގައި ކޮންމެ އަހަރަކުވެސް ހާހެއްހާ އަންހެނުން، އާއިލާގެ އިއްފަތާއި އަބުރު ދެމެހެއްޓުމުގެ ނަމުގައި މަރާލެވެއެވެ.