މިއަހަރު ހައްޖަށް ދިޔަ އިތުރު ދިވެހި ހައްޖުވެރިއަކު ނިޔާވެއްޖެކަމަށް ‏އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ވިދާޅުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން (72) މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

އްޖެއިން ހައްޖަށްދިޔަ މީހުންގެ ތެރެއިން އަލީ ހަސަންއަކީ ނިޔާވި ދެވަނަ މީހާއެވެ. އަދި ‏އަލީ ހަސަން ނިޔާވެފައިވަނީ ދިވެހިރާއްޖެ ގަޑިން އިއްޔެ 18:17 ގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަހަރު މިގޮތުން އަލް-ހަރަމައިން ހައްޖު ގްރޫޕުގެ ބެލުމުގެ ދަށުން ހައްޖަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ރ. މާކުރަތު، އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ހަތަރު ދުވަސްް ފަހުންނެވެ. އޭނާ ނިޔާވެފައި ވަނިކޮށް ފެނިފައިވަނީ ނޫރު ފަރުބަދައާއި ދިމާލުން އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމުގައެވެ.