ޅ. ނައިފަރު ބަނދަރު ތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެއްޖެއެެވެ. އަދި ތިން ލޯންޗުވެސް ވަނީ ރޯވި އަލިފާނުގައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ލޯންޗުތަކުގައި ރޯވެފައި ހުއްޓައި ފެނުނީ ރޭ ފަތިހުގެ ވަގުތު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މި ހާދިސާގައި ތިން ލޯންޗުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަލިފާން ރޯވި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ އެއް ލޯންޗެއްގައި ރޯވެ ދެން ހުރި ލޯންޗުތަަކަށް ފެތުރުނީ ކަމަށް ނައިފަރު ކައުންސިލް އިން މައުލޫމާތު ދެއެވެ.

ކައުންސިލް އިން ހާމަކޮށްފައިވާ ގޮތުގައި ރޯވެފައިވަނީ ތިން މީހެއްގެ ތިން ލޯންޗެއްގައެވެ. އަދި ރޯވެފައިވަނީ މަތި ހިޔާކޮށްފައިވާ ލޯންޗުތަކެއްގައި ކަމަށްވެއެވެ. ލޯންޗުތައް ބޭނުން ނުކުރެވޭވަރަަށް އަނދައިގެން ގޮސްފައިވިޔަސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.